Wednesday, 9 September 2026
Ads by

ލޭބަރ ކުއާޓަރ ހަދާފައި ހުރި ފްލެޓެއް ހުސްކުރަން އެފްޑީސީން އަންގައިފި

ލޭބަރ ކުއާޓަރ ހަދާފައި ހުރި ފްލެޓެއް ހުސްކުރަން އެފްޑީސީން އަންގައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓުތައް--- ފޮޓޯ:

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓުތަކުގެ ތެެރެއިން އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބަރ ކުއާޓަރ ހަދައިގެން އުޅޭތީ އެތަން 10 ދުވަސްތެރޭ ހުސްކުރަން އަންގައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެފްްޑީސީން ބުނެފައިވަނީ އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބަރ ކުއާޓަރ ހަދައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން 10 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން އެގޮތަށް ނުކޮށްފި ނަމަ ފްލެޓު އެއްބަސްވުން ބާޠިލުކޮށް ފްލެޓު އަތުލާނެކަމުގެ އިންޒާރު އެފްޑީސީން ވަނީ ދީފައެވެ.

ބިދޭސީންނަށް ލޭބަރ ކުއާޓަރ ހަދަން ފްލެޓް ދޫކޮށްފައިވާ މައްސަލައާ ގުޅިގެން އެތަނުގެ ވެރިފަރާތް 50،000 ރުފިޔާއިން މިހާރު ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި ފްލެޓްތައް ލިބިފައިވާ މީހުންނާއި އެ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. ކުއްޔަށް ފްލެޓެއް ދޫކޮށްފައިވާކަން ފާހަގަކުރެވިއްޖެ ޙާލަތެއްގައި ފްލެޓް އަތުލުމުގެ ޙައްޤު އެ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތައް ވެރިފަރާތްތަކަށް ޙަވާލުކޮށް ނުނިމެނީސް ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ޖަހަން ފެށި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން އެފްޑީސީން މީގެ ކުރިން ބުނެފައިވަނީ، އެފަދަ ފްލެޓުތައް ދެނެގަނެ، ފްލެޓުގެ އެއްބަސްވުން ބާޠިލުކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި