Wednesday, 9 September 2026
Ads by

އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު

އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު

އިދިކޮޅު އެމްޑީޕީގެ މަޖްލިސް މެންބަރުންނަށް ވެފައިތިބީ ކިހިނެއްކަން ނޭނގޭ ކަމަށާއި، މަޖްލީހުގެ ތަޅުމުގައި ތިއްބެވީ ހަމައިގައިހެން ހީނުވާކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މިފަދައިން ވިދާޅުވެ އެމްޑީޕީ މެންބަރުންނަށް ބަހުގެ ހަމަލާތަކެއް ދީފައިމިވަނީ ރައްޔިތުންގެ މަޖްލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރައްވަމުން ގެންދެވީ 2 އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް ގެންނަން ކޮމިޓީން ނިންމާފައިވާ އިސްލާޙާއި ގުޅޭގޮތުންނެވެ.

މި ބަހުސްގައި އިދިކޮޅު އެމްޑީޕީން ބައިވެރިވެ ސަރުކާރަށް އަދި ޕީއެންސީ މަޖްލިސް މެންބަރުންނަށް ބޭއަދަބީކޮށް މުޚާތަބު ކުރައްވާ ވާހަކަދައްކާފައިވެއެވެ. އެމްޑީޕީ މެންބަރުންގެ މި ޢަމަލުތަކަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ އެމްޑީޕީ މެންބަރުން ތިއްބެވީ ހަމައިގައިހެން ހީނުވާ ކަމަށެވެ.

”އަޅުގަނޑު ހިތަށްއަރާ މިއަދު ވާދަވެރި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ކިހިނެއްވެގެންބާއޭ، އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް އިއްޒަތްތެރި މެމްބަރަކު މިއަދު ހަމަހެންނެއް“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ މަޖްލީހުން އަލަށްކުރާ ކަމެއް ނޫންކަމަށާއި، މިއީ ޤާނޫނު އަސާސީން މަޖްލީހަށް ލިބިގެންވާ އިޚުތިޔާރުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. ހުރިހާ ކަމެއްވެސް ތަރުތީބު ކުރެވިގެން ދަނީ ޤާނޫނު އަސާސީއާއި މަޖްލީހުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ ތަހުޒީބުވެފައިވާ ބޮޑެތި ޤައުމުތަކުގައިވެސް ކަން ކުރަމުންގެންދަވާ އުސޫލުކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ވެގެން އުޅޭގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވެދާނެކަން ޤަބޫލުކޮށްގެން އުޅުން ކަމަށެވެ. އަދި މަޖްލީހުން ދުނިޔޭގެ ޤައުމުތަކަށް ތަޖުރިބާ ދަތުރުތަކުގައި މަޖްލިސް މެންބަރުން ފޮނުވީމަ އިދިކޮޅު އެމްޑީޕީ މެންބަރުން ވަޑައިންނަވަނީ ޝޮޕިންގ އަށް ކަމަށާއި، ކަންކަމުގެ ވައްޓަފާޅި އެނގިވަޑައި ނުގަންނަވަނީ އެހެންވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

2 އިންތިޚާބު އެއްކޮލުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންވަނީ މިބިލަށް ތާޢީދުކޮށް ވާހަކަދައްކާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިބިލާ ދެކޮޅަށް ތަޅުމުގައި އަޑުއުފުލާފައެވެ. އަދި މަޖިލިސް ތަޅުމުގައި އަޑުގަދަކުރަން ފެށުމުން ރިޔާސަތުންވަނީ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ޒަރީރު
ޒަރީރު
6 މަސް ކުރިން

”އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ އެންމެންނަކީ އެއްކަހަލަ މީހުންނެއް ނޫންކަން. އެކި މީހުން އެކި ދިމަދިމާލަށް އެކި ކަންކަން ކުރަން އެބަ ލިބިގަނެއޭ. މީގެ ތެރެއިން އެއްބައި މީހުން ބޭނުމެއްނުވެއޭ 24 ގަޑިއިރު ހަމައިގައި ތިބޭކަށް. އަނެއްބައި މީހުން ބޭނުމެއްނުވޭ މުޅި އުމުރު ނުވަތަ މުޅި ދުވަސް ނުވަތަ މުޅި ހަފުތާ ހަމަ ބުއްދީގައި އެހެން ނޫނިއްޔާ އަބަދުވެސް އެހެން ތިބޭކަށް.“ ނަޝީދު

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި