Wednesday, 9 September 2026
Ads by

ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ: މެޓް އޮފީސް

ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ: މެޓް އޮފީސް

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.

Ad Image
Ads by

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަނީ ނުރައްކާވާ މިންވަރަކަށް ކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުތަކުގައި ދުރު ފެންން މިންވަރު ވަނީ ތިން ކިލޯމީޓަރަށްވުރެ ދަށްވެފައެވެ. ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުންނާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އިރު އުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭތީ ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްމާސްކޮށްފައެވެ.

ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ވައި ނުސާފުވުމުގެ ސަބަބުން ބަލި ބޮޑުވުމުގެ ނުރައްކާ އޮންނަކަން ފާހަގަކޮށްލަންޖެހެ އެވެ. އެހެންކަމުން މި ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަށާއި، ގޭތެރެއަށް ނުސާފު ވައި ވަންނާނެހެން ދޮރުތައް ހުޅުވާފައި ނުބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިދުވަސްވަރު ރާއްޖޭގެ ވައި މިހާ ބޮޑަށް ނުސާފުވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާއާއި ހިމާލިޔާ ސަރަޙައްދުން އަންނަ ދުންފުހުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި