Wednesday, 9 September 2026
Ads by

ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށް، ދިވެހިންނަށް ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަދީފި

ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށް، ދިވެހިންނަށް ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަދީފި

ޑަމަސްކަސް އިންޓަނޭޝަނަލް އެއަރޕޯޓު---

ރާއްޖެއިން ޤަބޫލުކުރާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން ސީރިއާގައި ވެރިކަންކުރާ ހަނގުރާމަވެރި ޖަމާޢަތް ޙަޔާތު ތަޚްރީރު އަލް ޝާމް (އެޗްޓީއެސް)ގެ ނަން އުނިކޮށް، ދިވެހިންނަށް އެ ޤައުމަށް ދަތުރުކުރުމުގެ ހުއްދަދީފިއެވެ.

Ad Image
Ads by

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ކޮންމެ އަހަރަކު އެއްފަހަރު ރާއްޖެއިން ޤަބޫލުކުރާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓާއި، ރާއްޖެއިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓެއް އެކުލަވާލަންޖެހެއެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅައި، ދިވެހިން ސީރިއާއަށް ދަތުރުކުރުން އޮންނަނީ މަނާކޮށްފައެވެ.

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއައްސަދުގެ ވެރިކަން ބަދަލުވި ފަހުން ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖެއިން ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް އެކުލަވާލިއިރު ވެސް އެޗްޓީއެސްގެ ނަން އޮތްކަން ފާހަގަކޮށްލެވެ އެވެ. ރާއްޖެއިން މި ބަދަލު ގެނެސްފައި މިވަނީ، ދުނިޔޭގެ ގިނަ ޤައުމުތަކަކުން، އެ ޖަމާޢަތް ބަލައިގަންނަމުންދާތީއެވެ. އޭގެތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން އެ ލިސްޓު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. މި ލިސްޓު ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ބަލަހައްޓާނީ އެމްއެންޑީއެފްއިންނެވެ.

ޙަޔާތު ތަޚްރީރު އަލް ޝާމަކީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތަކެވެ. މި ޖަމާޢަތުން ސީރިއާގެ ވެރިކަމާ ޙަވާލުވެފައިވަނީ، 2024 ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރުލްއައްސަދުގެ ވެރިކަން ވައްޓައިލުމަށްފަހުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި