Wednesday, 9 September 2026
Ads by

ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު

ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު

ރައީސް ޑރ. މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް ވަޑައިގެންނެވިއިރުވެސް މާލެސިޓީއަށް އޮތް ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މިފަދައިން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއުގެ ޕޯސްޓްގައި ޢިޝާރާތްކުރެއްވީ މިއަދު ރައީސް ޑރ. މުޢިއްޒު ބޮޑުތަކުރުފާނުމަގުގެ ދެނަވަ ފިޔަވަހީގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވާލެއްވުމަށް އެ ސަރަޙައްދަށް ވަޑައިގެން އުޅުއްވި އުޅުއްވުމަށެވެ.

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަން ވަޑައިގެން ރައީސް ހުންނެވި ފޮޓޯތައް ހިއްސާކުރައްވަމުން ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒުއަކީ މާލެ އަށް އަބަދުވެސް ހެޔޮއެދޭ މީހާ ކަމަށާއި، އެއީ މާލެ ބަދަލު ކުރިމީހާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ބަދަލު ކުރައްވާނީވެސް ރައީސް މުޢިއްޒު ކަމަށާއި، އެމަނިކުފާނު ވަޒީރުކަމުން، މޭޔަރު ކަމުން އަދި ރައީސް ކަމަށް ވަޑައިގެންނެވި އިރުވެސް  މާލެއަށްއޮތް ލޯތްބަށް ބަދަލެއް ނާންނަކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްޙައްދުގައި މަގު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވައިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ސެގްމެންޓް ތަރައްޤީކުރާނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ސަރަޙައްދާއި ހަމައަށެވެ. ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހާމަކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު، ތަރައްޤީކުރުމުގެ މަސައްކަތް ނިމުމުން އެ މަގު ވެގެންދާނީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ، ފެން ހިންދާ ނިޒާމާއިއެކު، ހަތަރު ލޭނަކަށް މަގު ފުޅާކުރެވި، އުޅަނދު ފަހަރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ މަގަކަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ފެށި މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި