Saturday, 24 October 2026
Ads by

ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ފެށުމަށް ޕީއެންސީން، ކުޅުދުއްފުށި ސިޓީ، އަދި އައްޑޫ ސިޓީ އަށް!

ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ފެށުމަށް ޕީއެންސީން، ކުޅުދުއްފުށި ސިޓީ، އަދި އައްޑޫ ސިޓީ އަށް!

ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ފެށުމަށް ޕީއެންސީން، ކުޅުދުއްފުށި ސިޓީ، އަދި އައްޑޫ ސިޓީ އަށް ދަތުރު ފެއްޓެވުން.. ފޮޓޯ / ޕީއެންސީ

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭނު ފެށުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއިއެކު ކެމްޕޭނު ޓީމުތަކުން ރާއްޖޭގެ އެންމެ ބޮޑު 2 ސިޓީ ކަމަށްވާ ކުޅުދުއްފުށި ސިޓީ އާއި އައްޑޫސިޓީއަށް ދަތުރު ފައްޓަވައިފިއެވެ.

Ad Image
Ads by

މިދަތުރުފުޅު ތަކުގައި އެޕާޓީގެ ކެމްޕޭނު މެނޭޖަރު އަދި ޕާލަމަންޓް ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖްލިސް މެންބަރު ފަލާހު ބައިވެރިވެ ވަޑައިގަންނަވައެވެ. އެޕާޓީން ބުނީ ކެމްޕޭނު ލޯންޗް ކުރުމަށް ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

މި ޙަރަކާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ”އެކިއެމްވީ“ އިން ސުވާލުކުރުމުން ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ކަމަށެވެ. އަދި މިވަގުތު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބެވީ ކުޅުދުއްފުށި ސިޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކެމްޕޭނު މެނޭޖަރުގެ އިތުރުން ޕާލަމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުންނާއި، ޕީއެންސީ މަޖްލިސް މެންބަރުންގެ އިތުރުން ކެބިނެޓްގެ ބައެއް މިނިސްޓަރުންވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން ގެ އަދާހަމައިން އެނގޭގޮތުގައި ކުރިއަށް އޮތް ލޯކަލްކައުންސިލްތަކުގެ އިންތިޚާބާއި، އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކކުރަނީ ޕީއެންސީއިންނެވެ. ޕީއެންސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޕާޓީގެ ކެމްޕޭނު ހަރަކާތްތައް ހިންގަމުންނެވެ. އަދި އެ ޕާޓީން ވަނީ އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ހޯދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި