Wednesday, 9 September 2026
Ads by

ރައީސްގެ ވަރުގަދަ ބަސްފުޅު: ބަޔަކު ރުހުނަސް، ނުރުހުނަސް، ދަޢުލަތް ހިންގާނީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް!

ރައީސްގެ ވަރުގަދަ ބަސްފުޅު: ބަޔަކު ރުހުނަސް، ނުރުހުނަސް، ދަޢުލަތް ހިންގާނީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް!

މިއީ މިއަހަރުގެ ރިޔާސީ ބަޔާނުން އެންމެ ފާހަގަކޮށްލެވުނު އެއް ޖުމްލައެވެ. ފަހުގެ ތާރީޚެގައި ރާއްޖޭގެވެރިޔަކު މިހާ ސާބިތުކަމާއެކު، މިފަދަ ބަސްފުޅެއް ވިދާޅުވެފައި ނުވެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ދަޢުލަތުގެ ހަމަ ހުރިހާކަމެއްވެސް ހިނގާނީ އިސްލާމްދީނުގެ ހަމަތަކާއި، އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ.

Ad Image
Ads by

”ދަޢުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް މާތް ވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާން ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް ﷲ ވަނީ މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެން މުސްލިމުންނަށް ފުރިހަމަ ކޮށްދެއްވާ އަޅުގަނޑުމެން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް އެދީނުގައި ބަޔާން ކުރައްވާފައި. އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމް ޤައުމެއް. އަޅުގަނޑުމެންގެ ޤައުމުގައި ކަންކަން ބައްޓަން ކުރަންވާނީ މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވިދާޅުވުމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ހަމަ ޔަޤީނުންވެސް ތަސައްލީއެއްލިބިގެން ގޮސްފިއެވެ. ސޯޝަލް މީޑިއާގައި ރައްޔިތުން ފާޅުކުރަމުން ގެންދާ ޝުޢޫރުތަކުން މިކަން ފާހަގަވެއެވެ.

ރިޔާސީބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ދަޢުލަތެއްގައި މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދަޢުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އެ ދަޢުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރުގައި ތަންފީޒު ކުރައްވާނީ އެ ސިޔާސަތުކަމަށާއި، މިކަމާ ދެކޮޅުވާ ފިކުރުތަކުގެ މީހުން ވަކި ގޮތަކަށް ދެކުމަކުން އެމަނިކުފާނުގެ އެއްވެސް ފަރުވާލެއްނެތް ކަމަށް ވިދާޅުވީ އަޑަށްބާއްރުލައްވާ ވަރަށް ގަދަ ޢަޒުމަކާއިއެކުގައެވެ.

 

”އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެހެންކަމުން، މި ފަޚުރުވެރި ދިވެހި ޖުމްހޫރިއްޔާގެ ރައީސުއްދައުލާ ގެ ޙައިސިއްޔަތުން، މާތް ﷲ ގެ ވާގިފުޅާ މިންވަރުފުޅާއެކު، އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. އަދި، ދީނާ ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއްނެތް“ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި