Wednesday, 9 September 2026
Ads by

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ސަބަބުން މިދިޔަ 5 އަހަރުތެރޭ އެންމެ ގިނައިން ޒަކާތް ދެއްކީ މިދިޔަ އަހަރު

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ސަބަބުން މިދިޔަ 5 އަހަރުތެރޭ އެންމެ ގިނައިން ޒަކާތް ދެއްކީ މިދިޔަ އަހަރު

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ސަބަބުން މިދިޔަ 5 އަހަރުގެތެރޭ އެންމެ ގިނައިން ޒަކާތްދެއްކީ މިދިޔަ އަހަރުކަން ރިޔާސީ ބަޔާނުން ހާމަވެއްޖެއެވެ.

Ad Image
Ads by

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެދެއްވީ އެމަނިކުފާނުގެ ޒަޢާމަތުގައި ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވިގެން ދިޔަ ގިނަގުނަ މަސައްކަތްތަކެވެ. އެގޮތުން އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެހެން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ޒަކާތް ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޒަކާތުގެ ޤާނޫނެއް މިހާރު ވަނީ ވުޖޫދު ކުރެވިފައިކަން ފާހަގަ ކުރެއްވިއެވެ.

މިއީ އެތަކެއް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނިމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ދީނި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި ޒަކާތުގެ ނިޒާމް ހަރުދަނާވުމުގެ ނަތީޖާއަކީ މިހާރު ރާއްޖޭގައި ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.

 

”ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަން ފަށްޓާފައިވާ މަސައްކަތްތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ދަނީ އިތުރުވަމުން. މިގޮތުން ނިމިދިޔަ އަހަރު 107,205,043 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި. މިއީ ވޭތުވެ ދިޔަ 5 އަހަރުވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު“ ރައީސް

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި