Sunday, 26 July 2026
Ads by

ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއް: އިހުސާން

ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުޢައްސަސާއަށް އަންނަ ހެޔޮ ބަދަލެއް: އިހުސާން

އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ކަރެކްޝަންގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކަރެކްޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދުމީހުންގެ ޕަރސަނަލް ފައިލްތަކާއި މެޑިކަލް ރެކޯރޑްތަކާއި މޫވްމަންޓްތަކާއި އެހެނިހެން މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުވައްސަސާ ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މައިއެމްސީއެސް ޕޯރޓަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިއްޔެ ހެނދުނު ހުޅުވުނު އެމްސީއެސްގެ އައު ފްރަންޓް އޮފީހަކީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދޭ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށާއި މައިއެމްސީއެސް ޕޯރޓަލްގެ ޒަރިއްޔާއިން، ރައްޔިތުން ޚިދުމަތް ހޯދަން އަންނަން ނުޖެހި ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދެވޭނެ މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ.

އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކާމިޔާބީތަކަށް ތަޢުރީފްކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ޓީމެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށާއި ކަރެކްޝަންގެ އަދުގެ ފައުޖަކީ މިފަދަ ފައުޖެއް ކަމަށާއި އެކަމަށް ވަޒީރު ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ފައުޖެއް ކަމަށެވެ.

”މިއީ މި މުވައްސަސާގެ ދިގު ބުރަ ތާރީޚުގައި ވިޝަން އެއް ރިއަލިޓީއަކަށް ހެދުމަށްޓަކައި ސޮފްހާތަކެއްގައި ލިޔެވިގެންދާ ދުވަހެއް. އަމާޒުތަކެއް ކަނޑައެޅި، އެ އަމާޒުތައް ވާސިލްކުރުމަށް މަގުތަކެއް ލިޔެވިގެންދާ ދުވަހެއް. މި މުވައްސަސާއިން ހޯދާނެ ކާމިޔާބީތައް ހޯދަމުންދާއިރު، އެ މެޝަރކުރެވޭނެ ގޮތްތަކެއް ލިޔެވިގެންދާ ދުވަހެއް“ މިނިސްޓަރ އިހުސާން

ވަޒީރު ވަނީ އެމްސީއެސްގެ ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމުން، އެމްސީއެސްގެ ލީޑަރޝިޕްއަށާއި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

މިއީ އެގޮތުން އެޅިގެންދިޔަ ފުރަތަމަ ފިޔަވަޅު ކަމަށާއި ދެން އޮންނާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތައް 100 ޕަސަންޓްގައި ޑެލިވަރކުރުން ކަން ވަޒިރު ފާހަގަކުރެއްވިއެވެ.

އަދި އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި