Sunday, 26 July 2026
Ads by

މީޑިއާތަކަށް ޚާއްޞަކޮށްގެން ހުޅުވާ ”މީޑިއާ ވިލެޖު“ މި އަހަރު ހުޅުވަނީ

މީޑިއާތަކަށް ޚާއްޞަކޮށްގެން ހުޅުވާ ”މީޑިއާ ވިލެޖު“ މި އަހަރު ހުޅުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މީޑިއާތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި އެތަނުގެ ބޭނުންކުރަން ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މީޑިއާ ވިލެޖުގެ މަޝްރޫއަކީ މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ ވަރަށް މުހިއްމު މަޝްރޫޢެއް ކަމަށެވެ.

އެގޮތުން މީޑިއާތަކުން ބޮޑެތި އަދަދުތަކުން ކުލި ދައްކައިގެން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުގައި އޮފީސް އަދި ސްޓޫޑިއޯ ހިންގަން މަޖުބޫރުވެފައިވާ ކަމަށާއި ނަމަވެސް، މީޑިއާ ވިލެޖު ހުޅުވިގެން ދިއުމާއެކު، އޮފީހާއި ސްޓޫޑިއޯ ކުޑަ އަގެއްގައި ހިންގަން ލިބި، މީޑިއާތައް ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ފުރުތަމަ ފިޔަވަހީގައި ތަރައްޤީކުރަމުންގެންދާ މީޑިއާ ވިލެޖަކީ ޖުމްލަ 34 ޖާގައިގެ ޢިމާރާތެކެވެ. މި ޢިމާރާތުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި ޢިމާރާތުގެ ބޭނުން ހިފުމުގެ ފުރުޞަތު މީޑިއާތަކަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެސްޓީއޯއިން މީގެ 17 އަހަރު ކުރިން ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކުރަން ފެށި ޢިމާރާތުގައި މީޑިއާ ވިލެޖުގެ ހިންގަން ސަރުކާރުން ނިންމާފައިވާއިރު ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މި ޢިމާރާތުގެ މަސައްކަތްތައް ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި