Sunday, 26 July 2026
Ads by

އިބޫ ސޯލިހު ފޯޅަވަހި ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނައުމަށް އެދި ލިޔުނު ސިޓީގައި ރައީސް ސޮއިކުރައްވައިފި

އިބޫ ސޯލިހު ފޯޅަވަހި ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނައުމަށް އެދި ލިޔުނު ސިޓީގައި ރައީސް ސޮއިކުރައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން ފޯޅަވަހި ދޫކޮށްލަން މޮރީޝަސްއަށް ފޮނުވިސިޓީ އަނބުރާ ގެނައިކަން ދަންނަވާ މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވާ ސިޓީގައި ރައީސް މުޢިއްޒު ސޮއިކުރައްވައިފިއެވެ.

Ad Image
Ads by

އެ ސިޓީ އަނބުރާ ގެނައިކަން ދަންނަވަން މޮރިޝަސްގެ ބޮޑުވަޒީރު، ޑރ. ނަވިންޗަންދްރާ ރަމްގޫލަމްއަށްއަށް ރައީސް ފޮނުވާ ސިޓީގައި އެމަނިކުފާނު ސޮއިކުރައްވާފައިވާކަން ރައީސް ޑރ. މުޢިއްޒު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ފޯޅަވަހި މައްސަލައާ ގޮތުން ތަފްސީލީގޮތެއްގައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ދިވެހިރާއްޖޭގެ ދެކުނުން ދިވެހި ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ބައިވެރިވެ، ރާއްޖޭން އީއީޒެޑްގެ ތެރެއިން ދެކުނު ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއާއިއެކު ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވިއެވެ. މިކަން އިއުލާނު ކުރެއްވި ވަގުތު މަޖްލީސް ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުން ގެންދެވީ އަޑުގަދަކޮށް ހުރަސް އަޅަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި