Wednesday, 9 September 2026
Ads by

މާލެ ސަރަހައްދުގެ 35،132 ގޭބިސީއަކަށް ސަރުކާރުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކޮށްފި

މާލެ ސަރަހައްދުގެ 35،132 ގޭބިސީއަކަށް ސަރުކާރުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 35،132 ކޭސް ދޫކޮށްފިއެވެ.

Ad Image
Ads by

މާލެ، ވިލިނގިލި އަދި ހުޅުމާލެ ހިމެނޭ ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން މަސްދަޅު ދޫކުރަމުންދަނީ ކޮންމެ މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު
، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގެ 53.5 އިންސައްތައަށް ވަނީ މަސްދަޅު ކޭސް ހަވާލުކުރެވިފައި ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މަސްދަޅު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރޭ އެންމެ ގިނަ އަދަދަކަށް ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ. އެ ދަނޑުގައި ގާއިމުކޮށްފައިވާ 4 މަރުކަޒަކުން ރޭ އެކަނިވެސް 500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މިހާރު ވަނީ މަސްދަޅު ކޭސްތައް ފޮނުވާފައެވެ. ރަށްރަށުގައި މި ތަކެތި ބެހުމުގެ އިންތިޒާމުތައް ހަމަޖައްސައި، މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމުގެ މި ބިޔަ މަޝްރޫއަކީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
ގުޅިގެންކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި