Sunday, 26 July 2026
Ads by

2 ލޯންޗް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކަށް ބޮޑު އަނިޔާއެއްނުވޭ: ފުލުހުން

2 ލޯންޗް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކަށް ބޮޑު އަނިޔާއެއްނުވޭ: ފުލުހުން

މާލޭ ސަރަޙައްދުގައި ދެ ލޯންޗެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއްވުމާ ގުޅިގެން އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދެ ލޯންޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި އެއް ލޯންޗަކީ މާލެ އާއި ކ. މާފުއްޓާ ދެމެދު ދަތުރުކުރާ އެސްކޭޕް ލޯންޗެވެ. އެކްސިޑެންޓް ހިނގީ އެސްކޭޕް ލޯންޗުގެ ފަހަތުކޮޅުގައި އެހެން ލޯންޗަކުން ޖެހިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 21:05 އެހައިކަންހާއިރު މާލެއާ ތިލަފުއްޓާ ދެމެދުގައި އެ ދެ ލޯންޗު ދަތުރުކުރަމުން ދަނިކޮށެވެ. އެކްސިޑެންޓުގައި ހިމެނޭ އެއް ލޯންޗުގައި 21 މީހުން އަދި އަނެއް ލޯންޗުގައި ދެ މީހުން ދަތުރުކޮށްފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި