Monday, 26 October 2026
Ads by

އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒު ”ރަހަފަތް“ މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް!

އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒު ”ރަހަފަތް“ މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް!

އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒު ‘ރަހަފަތް’ ރަސްމީކޮށް ހުޅުވައިދެއްވުން.. ފޮޓޯ / ސޯޝަލްމިނިސްޓްރީ

ދިވެހިންގެ އިހުގެ ސަގާފީ ކެއުންތަކާއި ޒަމާންވީ މީރު ރަހަތައް ދައްކާލުމަށް އިސްރަށްވެހިންގެ ނާދީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ’ރަހަފަތް‘ ކާބޯތަކެތީގެ މައުރަޒަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

Ad Image
Ads by

މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި މައުރަޒު އިއްޔެ ރަސްމީކޮށް ހުޅުވާދެއްވީ ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް އަދި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި މައުރަޒަކީ، އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީހުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ވަރަށް ޙާއްސަ މައުރަޒެކެވެ.

މި މައުރަޒުގައި ދިވެހި ރަހަތަކާއި، ދިވެހި ކާބޯތަކެތީގެ އުފެއްދުންތައްކާއި، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިހު ދިވެހިން ތައްޔާރުކޮށް އުޅުނު ކާބޯތަކެތީގެ ތަފާތު ބާވަތްތައް އެއްތަނަކުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ދިވެހި ކާބޯތަކެތީގެ ތަފާތު ބާވަތްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިންގެ ސަގާފަތާއި ތާރީޚުގެ ތެރެއިން ފެންނަން ހުރި މުހިންމު އާދަކާދަތާއި ގުޅޭ ތަފާތު ހަރަކާތްތައްވެސް މި މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.

’ރަހަފަތް‘ މައުރަޒުގައި 30 އަށް ވުރެ ގިނަ އިސްރަށްވެހިން ބައިވެރިވެ، އެ ފަރާތްތަކުގެ އަމިއްލަ އުފެއްދުންތައް ދައްކާލަމުންދާއިރު، 2000 އަށް ވުރެ ގިނަ އުފެއްދުން މި މައުރަޒުގައި ހިމެނެއެވެ. މީގެ ތެރެއިން 92 ބާވަތަކީ ދިވެހި ސަގާފީ ކާނާއާއި، ޒަމާންވީ މީރު ރަހަތައް އެކުލެވިގެންވާ ހާއްސަ އުފެއްދުންތަކެވެ.

އާންމުންނަށް ވަދެވޭ ގޮތަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި މައުރަޒު މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ހުކުރު ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި މައުރަޒަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ. ހަމައެއާއެކު، މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި
20261025_120539
އީރާނާ ދެކޮޅަށް ޓްރަމްޕު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ އަނެއް 'ނިމުމެއްނެތް ހަނގުރާމަ': ސެނެޓަރު ކްރިސް ވަން ހޮލެން
download - 2026-10-25T194343
ވަޓްސްއެޕުން ސްކޭމް ޖައްސައިގެން 32،000 ރުފިޔާ ފޭރުނު ތިން މީހަކު ބަންދުކޮށްފި
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ