Saturday, 24 October 2026
Ads by

ސްރީލަންކާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި

ރައީސް މުޢިއްޒު--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޙުނިޔާ ފޮނުއްވައިފިއެވެ.

Ad Image
Ads by

ސްރީލަންކާގެ ރައީސް ޑިސަނާޔަކެއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ޤައުމުގެ އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ޤައުމުގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައްޔާއި، ޤައުމީ ކުރިއެރުމުގައި، އެ ޤައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައިކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީޚުން ބާރުދޭ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ޤައުމުން ޙިއްޞާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނޭކަމަށް ޔަޤީންކުރައްވާފައެވެ. ޚާއްޞަކޮށް، ދެ ޤައުމުން މަސްލަޙަތު ޙިއްޞާކުރާ ދާއިރާތައްކަމުގައިވާ ވިޔަފާރި، ތަރައްޤީ އަދި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާނޭކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައިވަނީ، ރައީސް ޑިސަނާޔަކެ އާއި ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާއަށް ދުޅަހެޔޮކަމާއި ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ސްރީލަންކާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ތަރައްޤީ އާއި ފާގަތިކަން ލިބެމުންދިއުމަށް އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، ދެ ޤައުމުގެ އެތަށް ޤަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަޙުމަތްތެރިންގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު ޢަޒުމު، ޤާއިމުވެފައިއޮތުމަށް އެދިވަޑައިގަންނަވައިފައެވެ.

ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ހަތަރުވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި