Sunday, 26 July 2026
Ads by

މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޚާއްސަ ފޯރަމެއް ބާއްވައިފި

މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޚާއްސަ ފޯރަމެއް ބާއްވައިފި

ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއި މަސައްކަތުގެ ބައިވެރިން ހިމެނޭ ގޮތަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.

Ad Image
Ads by

ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި މި ފޯރަމަކީ ރާއްޖޭގެ އިގްތިސާދީ މައިދާނުގައި މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ފޯރަމެކެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ކަސްޓަމްސް، ބަނދަރުތަކާ ބެހޭ އިދާރާތައް، މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ އެޖެންޓުންނާއި ބްރޯކަރުންގެ އިތުރުން، މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އެކި އިދާރާތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި ބައިވެރިން ވަނީ މުދާ އެތެރެކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ޚާއްސަކޮށް، ރާއްޖެއަށް އިމްޕޯޓްކުރާ ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ދޫކުރުމުގެ މަރުހަލާތަކާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއަރކުރުމުގައި ހުރި ދަތިތަކަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. މީގެ އިތުރުން، ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުން މިހާރަށްވުރެ ފަސޭހަކުރުމަށާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ދޫކުރާ ހުއްދަތަކުގެ އުޞޫލުތައް ލުއިކުރުމާ ގުޅޭގޮތުންވެސް ފޯރަމްގެ ބައިވެރިން މަޝްވަރާކުރިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކުގެ އިތުރުން، މެދުރާސްތާ އާއި ދިގުރާސްތާގައި ގެނެވޭނެ ދާއިމީ ހައްލުތަކަށެވެ. ފޯރަމް ނިންމާލާފައިވަނީ މި މަޝްވަރާތަކުން ފާހަގަވި ކަންކަން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ހިއްސާކޮށް، ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން އެކަންކަން ތަންފީޒުކުރުމަށް ނިންމަމުންނެވެ.

މި ފޯރަމްގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
madam minivan
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި
th project
ތ. އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ބިޔަ ޓައުންޝިޕް މަޝްރޫއެއް ފަށަނީ
20260726_002438
'ކޮކްރޯޗު' މުޒާހަރާތަކުގައި ބައިވެރިވި މުސްލިމު ދަރިވަރުންނަށް ޓާގެޓުކޮށް އިންޑިއާއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި