Wednesday, 9 September 2026
Ads by

ލިބުނު ކާމިޔާބީގެ މައިގަނޑު ސަބަބަކީ ޓީމުގެ ބަދަހިކަން: އިމްރާން

ލިބުނު ކާމިޔާބީގެ މައިގަނޑު ސަބަބަކީ ޓީމުގެ ބަދަހިކަން: އިމްރާން

ޤައުމީ ޓީމުގެ ކުޅުންތެރިންތަކެއް ރަންތައްޓާއެކު--- ފޮޓޯ/ ޕީއެސްއެމް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނު ކާމިޔާބީގެ މައިގަނޑު ސަބަބަކީ ވަރަށް ބޮޑަށް ޓީމު އެކުލަވާލާ ޓީމު ވޯކް ރަނގަޅުކުރެވުން ކަމަށް ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން ބުނެފިއެވެ.

Ad Image
Ads by

އިމްރާން މި މޭރުމުން ބުނީ، ޤައުމީ ފުޓްސަލް ޓީމާއި އެކު ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ. އިމްރާން ބުނީ، ހުރިހާ ކުޅުންތެރިން އުޅުނީ ވަރަށް އެއްކޮށް ކަމަށާއި، ޗައިނާއަށް ދިޔަ ހިސާބުން ފެށިގެންވެސް ޓީމެއް ގޮތަށް އެއްކޮށް މަސައްކަތް ކުރެވުނު ކަމަށެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިން ތައިލޭންޑަށް ދިއުމުގެ ކުރިން ޗައިނާގައި 10 ދުވަހުގެ ކޭމްޕެއް ކޮށްފައިވާއިރު، މި ކޭމްޕްގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެކުވެރިކަން އާލާވެ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙު އާލާވެގެންދިޔަ ކަން އިމްރާން ފާހަގަކުރިއެވެ. މީގެ އިތުރުން، ޗައިނާގައި ހޭދަވި ދުވަސްތަކަކީ މުހިންމު ދުވަސްތަކެއްކަން ފާހަގަކުރަމުން އިމްރާން ބުނީ، ޗައިނާގެ އިންޑޯގައި ފަރިތަކުރުންތައް ބާއްވާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބޮޑު ތަޖުރިބާއެއް ކޭމްޕުން ލިބިގެން ދިޔަ ކަމަށާއި، ޗައިނާގެ ޤައުމީ ޓީމާއެކު މެޗުތަކެއް ކުޅެން ފުރުޞަތު ލިބިގެން ދިއުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

އެ ކޭމްޕުން ފެށިގެން ޓީމު ވޯކް ބިލްޑް ކުރުން މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމުގައި އިމްރާން ވަނީ ސިފަކޮށްފައެވެ.

ސާފް ފުޓްސަލްގެ ފުރިހަމަ ކާމިޔާބީގައި އިމްރާނަކީ މުހިންމު ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ. އޭނާއަކީ މުޅި މުބާރާތުގެ ޓޮޕް ސްކޯރާގެ މަޤާމުވެސް ހޯދި ކުޅުންތެރިޔާއެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސާފްގެ ތަށި އުފުލާލުމުން ރާއްޖެއަށް ވަނީ ސަރަހައްދީ އެހެން ޤައުމުތަކުގެ ލޯތައް އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި