Wednesday, 9 September 2026
Ads by

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޙައްޖަށް ދިޔަ ދިވެހި ޙައްޖާޖީންތަކެއް--- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން

ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

Ad Image
Ads by

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ޢުމްރާވެރިން ޑޮލަރު ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. އެ ބޭންކުން މި ޚިދުމަތް ދޭނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޚިިދުމަތް ދޭނީ ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ.

ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށާއި، ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ 500 ޑޮލަރު ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ. ޑޮލަރު ގަންނަން ދާއިރު ޢުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ބަދަލުގައި މީހަކު ދާނަމަވެސް އެ މީހެއްގެ އައިޑީ ކާޑުގެ އަޞްލު ގެންދަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި މުޢާމަލާތްތަކަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކޮށްގެންނެވެ. އެ ބޭންކުން ބުނީ ނަގުދު ފައިސާއިން ޑޮލަރު ގަތުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި ގްރޫޕްތަކުގައި ނުހިމެނޭ އެހެނިހެން ޢުމްރާވެރިންނަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަނެވޭނެ ކަމަށެވެ. މިގޮތަށް ބުކިންގ ހަދާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުންނެވެ.

މާލޭ ސަރަޙައްދުގެ ބައެއް ބްރާންޗުތަކުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލާފައިވީ ނނަމަވެސް އަތޮޅުތެރޭގެ ބްރާންޗުތަކުން ޢާންމު އުޞޫލުން މި ޚިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ކޮންމެ އަހަރަކުވެސް ޢުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޑޮލަރު ގަތުމުގެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިދޭކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި