Wednesday, 9 September 2026
Ads by

އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު.. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު، ޝައިޚް ނާޒިލް އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުވައިފިއެވެ.

Ad Image
Ads by

މިސެންޓަރުގައި 2 ކުލާސްރޫމާއި، ދެކުލާސްރޫމް އެއްކޮލުމުން ބޭނުންކުރެވޭ 100 މީހުންގެ ޖާގައިގެ ހޯލަކާއި، އޮފީހަކާއި އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވަކިން ފާޚާނާއާއި ވުޟޫކުރާ ތަނާއި، އަތްދޮވެވޭނެ އިންތިޒާމާއި ބޯފެނުގެ އިންތިޒާމުގެ އިތުރުން މުވައްޒަފުން ބޭނުން ކުރުމަށް ސްޓާފްރޫމް އަކާއި ފާޚާނާ ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ވަޤްފު ފަންޑުގެ އެހީއާއި ޢާންމުންގެ ދީލަތި އެހީގައި ބިނާ ކުރެވުނު ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ޚާއްޞަ ކުރެވިގެން ޅ. ނައިފަރުގައި ބިނާކުރެވުނު ޙިފްޡު ސެންޓަރަށް 302،600.00 ރުފިޔާގެ އެހީއެއް ވަޤްފު ފަންޑުން ދެވިފައިވާކަމަށެވެ.

މިސެންޓަރުގައި ކިޔަވައިދެވޭނީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މުޤައްރަރަށްކަމަށާއި، މިއިންސްޓިޓިއުޓްގެ ކުލާސްތައް ތަރުތީބު ކުރެވިފައިވަނީ ޅައުމުރުގައި ކީރިތި ޤުރުއާނުގެ އަޑާއި މަޚްރަޖު، އަދި ތަޖުވީދާއި ރާގު ފަދަ ފަންނުތައް އުނގެނި، ކީރިތި ޤުރުއާން އެކީގައި ހިތުން ދަސްކޮށްގެން ޙާފިޡުންގެ ގޮތުގައި ދަސްވެނިވުމަށް މުޤައްރަރުގައި ހިމެނިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު، ޝައިޚް ނާޒިލް އިންސްޓިޓިއުޓް.. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިސެންޓަރުގައި ކިޔަވާ ދަރިވަރުންގެ %10 (ދިހައެއް އިންސައްތަ) ދަރިވަރުންނަކީ އިސްލާމިކް މިނިސްޓްރީން ދެއްވި އެހީގައި ހިލޭ ކިޔަވާ ދަރިވަރުންކަމަށާއި، މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޝައިޚް ނާޒިލް އިންސްޓިޓިއުޓްއިން މިހާތަނަށް 4 ދަރިވަރުން ޤުރުއާން ޙިފްޡުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުރު 3 ދަރިވަރުން ޙިފްޡު ކޮމިޓީއަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާކަމަށާއި، އަދި ޙިފްޡުކުރުމުގެ ފަހު މަރުހަލާގައި 22 ދަރިވަރުން ކިޔަވަމުންދާއިރު، މި އިންސްޓިޓިއުޓްގައި ޖުމްލަ 87 ދަރިވަރުން އަންނަނީ ޙިފްޡު ކުރަމުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި