Saturday, 24 October 2026
Ads by

އިންތިޚާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިންތިޚާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިންތިޚާބުތަކުގައި އީފާސް މެދުވެރިކޮށް ކަންކަން ފުރިހަމަކުރާ ގޮތަށް އޮތުމުން، އެކަމާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

Ad Image
Ads by

މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެމްބަރު އަދި ޤާނޫނީ ވަކީލު އާދަމް އާސިފްއެވެ. މި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަމިއްލަ ގޮތުން އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްކަން ހާމަކޮށްދިނުމަށް، އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރުމާއި ސޮއިކުރަން ޖެހުމަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތައް ހުށަހެޅުމާއި އިދާރީ ފީ ދެއްކުން އީފާސް މެދުވެރިކޮށް ކުރަންޖެހޭ ގޮތަށް އޮތުމަކީވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް ޕީއެންއެފްގެ ދައުވާގައި ބުނެފައިވެއެވެ. އެ ޕާޓީން ބުނެފައިވަނީ މިކަމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.

ނަމަވެސް، ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. ރެޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދެއްކުމަށް ޝަރުތުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް މައްސަލާގައި ބުނެފައިވީ ނަމަވެސް، އެކަންޤާނޫނާ ޚިލާފުވާ ގޮތް ޤާނޫނީ އުސޫލުތަކުގެ އަލީގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފައި ނުވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޕީއެންއެފުން ބުނެފައިވަނީ އީފާސް ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން މަޖުބޫރު ކުރުމަކީ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށާއި، މިކަމުގައި އިތުރަށް ކުރިއަށްދާނެ ގޮތެއް ނިންމާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި