Sunday, 26 July 2026
Ads by

ފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި

ފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢު ފެށުމުގެ ގޮތުން ފިޔޯރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއީ ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސަރަހައްދީ ތަރައްޤީއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި މަޝްރޫޢު ފިޔޯރީގައި ކުރިޔަށް ގެންދިޔުމަށް ހުށަހެޅި ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ އިސްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. ހުވަދުއަތޮޅަކީ ދޮށީގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާ ސަރަހައްދަކަށް ވެފައި، ބާނާ މަސް ކޫއްޑޫގައި އެކަނި ބަންދުކުރެވެން ނެތުމުން، މިފަދަ ކާރުޚާނާއެއް ބިނާކުރަން އެންމެ އެކަށީގެންވާ ތަނަކީ ފިޔޯރީ ކަމުގައި ސަރުކާރުން ނިންމެވި ސަބަބުވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފިޔޯރީގެ ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ، އަމިއްލަވަންތަކަން ދަމަހައްޓާ ބައެއްކަން ފާހަގަކުރައްވައި، މި ކާރުޚާނާއާއެކު މުޅި އަތޮޅަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މި ދާއިރާގައި ޝާމިލުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިއިރު، ސަރުކާރުން ވަނީ މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް، 3000 މެޓްރިކް ޓަނަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއަކާއި، 100 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި