Sunday, 26 July 2026
Ads by

ދަރިވަރުންގެ އަޚްލާޤީ ސިފަތައް ބިނާކުރުމަށް ހިންގާ ”ބިންގާ“ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފި

ދަރިވަރުންގެ އަޚްލާޤީ ސިފަތައް ބިނާކުރުމަށް ހިންގާ ”ބިންގާ“ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފި

ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ”ބިންގާ“ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ. ”ބިންގާ“ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ފުރިހަމަ، ނަމޫނާ ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ދީނީ އަދި އަޚްލާޤީ އަސާސްތައް ވަރުގަދަކޮށް، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމެވެ. މިގޮތުން، ފަރުޟު ފަސް ނަމާދަށް ބާރުއެޅުމާއި، އިޙްތިރާމްކުރުމާއި ޒިންމާދާރުވުން ފަދަ މަތިވެރި ސިފަތައް އަށަގެންނެވުމަށްޓަކައި، ކޮންމެ މަހަކުވެސް ވަކި ޚާއްޞަ ތީމްތަކެއްގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް
ގެންދެވޭނެއެވެ.

ސްކޫލްތަކުގެ އިސްވެރިންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި، ކޮންމެ މަހަކު ބާއްވާ ޚާއްޞަ އެސެމްބްލީތަކުގެ ޒަރިއްޔާއިން، ކަނޑައެޅޭ މައުޟޫޢުތަކަށް ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތުގެ ދަށުން، ދިވެހި ދަރިވަރުންނަކީ އިސްލާމީ އަދަބު އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ބަޔަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފެށުމާއެކު، ސްކޫލްތަކުގެ މާޙައުލުންނާއި ދަރިވަރުންގެ އުޅުމުން މިކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އެ ވުޒާރާއިން އުއްމީދު ކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި