Sunday, 26 July 2026
Ads by

މާލޭ ރައްޔިތުން އެދޭ ތަސައްލީ ލިބޭނީ ރައީސް މުޢިއްޒު އެކުލަަވައިލި އެކްޝަން ޕްލޭނުން: ޝިޔާމް

މާލޭ ރައްޔިތުން އެދޭ ތަސައްލީ ލިބޭނީ ރައީސް މުޢިއްޒު އެކުލަަވައިލި އެކްޝަން ޕްލޭނުން: ޝިޔާމް

މާލޭގެ ރައްޔިތުން އެދޭ ތަސައްލީ ލިބޭނީ މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނަވައިގެން އެކުލަަވައިލެއްވި މާލެ ސިޓީގެ ސްްޓްރެޓެޖިކް އެކްޝަން ޕްލޭނުން ކަމަަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަަރ އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝިޔާމް މިފަދައިން ވިދާޅުވީ ރޭ އެޕާޓީގެ މެދު ހެންވޭރު ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝިޔާމު ވިދާޅުވީ ރައީސް މުޢިއްޒުއަކީ މާލެ ސިޓީ މޭޔަރެއްގެ ގޮތުގައި މުޅި ރާއްޖެއަށް ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ވަކި ތަރުތީބެއްގެ ތެރެއިން، ރައްޔިތުންނަށް ކުރައްވާ ކަންކަން އެނގޭނެހެން، އިންތިޒާމީ ގޮތެއްގަައި މަސައްކަތްތައް އަތުރާލައްވައިގެން ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ކުރިއަަށްގެންދެވި ކަމަށެވެ. މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)އެއް އެކުލަވައިލެއްވުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

”އަޅުގަނޑު މޭޔަރ ކެންޑިޑޭޓަށް ދަންނަވަން އޮތީ މި ސެޕް ނަންގަވާށޭ އޮފީހަށް ވަންނަވާފައި އެންމެ ފުރަތަމަ ދުވަހުވެސް. މި ސެޕްގައި އޮތީ މާލޭ ސިޓީއަށް ހައްލު. މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީ“ ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި އެމަނިކުފާނު އެކުލަވައިލެއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ މާލޭ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދައިދެއްވުމުގެ މަތިވެރި މަގުސަދުގައި އެކުލަވައިލެއްވި ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭނަކީ މާލޭ ރައްޔިތުންނާ އަދި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތްތަކާ ގުޅުންހުރި ވުޒާރާތައް ހިންގެވުމުގައި ހާސިލުކުރެއްވި ތަޖުރިބާތަކުގެ އަލީގައި އެކުލަވައިލެއްވި ޕްލޭނެއް ކަމަށްވެސް މިނިސްޓަރ ޝިޔާމު ވިދާޅުވިއެވެ.

ރައީސް މޭޔަރުކަމުގައި އެކުލަވައިލެއްވި އެކްޝަން ޕްލޭނުގައި އިޖްތިމާޢީ އެތައް މައްސަލަތަކާއި ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތޮއްޖެހުން ކުޑަކުރުން ފަދަ އެތައް ކަމެއް ހިމެނޭކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މާލޭ ސިޓީއަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ސަރަހައްދުން ރައީސް ހިއްކަވަމުންދާ ބިންތައް ހިއްކައި ނިމުމުން 1،900 ހެކްޓަރަށްވުރެ ބޮޑު ބިން މި ސަރަހައްދަށް އިތުރުވެގެންދާނެކަމަށެވެ. އަދި އެއީ މިހާރު މާލޭ ސަރަހައްދުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ބިމުގެ ބޮޑުމިނަށްވުރެ ދެގުނަ ބޮޑު ބިމެއް ކަމަށްވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކެނޑިނޭޅި ރައީސް މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކަނި ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުން ރައީސް ޑރ.މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެކަން ޔަޤީންވެގެންދާނެކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި