Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ނިންމައި ތާރުއަޅަން ތައްޔާރުވަނީ

ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ނިންމައި ތާރުއަޅަން ތައްޔާރުވަނީ

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--- ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބާޒާރުމަތީ ސަރަޙައްދުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، ތާރުއެޅުމުގެ މަރުޙަލާއަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، ބޮޑުތަކުރުފާނު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ 82 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، މި ހަފުތާގެ ތެރޭގައި މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

https://x.com/MTCCPlc/status/2017891287421313329

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މުހިންމު ކަންކަމަށް އަލިއަޅުވާލަމުން އެމްޓީސީސީން ބުނީ، ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމުގެ އިތުރުން ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކޭބަލް ޖަންކްޝަންތަކާއި، ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ވަނީ ނިމިފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.

މަގުގެ ދުވާރު ހެދުމާއި، ކާނުތަކުގެ މަސައްކަތްތަކުގެ އިތުރުން ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. އެމްޓީސީސީން ބުނީ، ތާރު އެޅުމުގެ މަސައްކަތަށް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޞާން މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ނިމުމުން މި މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެއެވެ. މި މަޝްރޫޢު ނިމުމުން މާލޭ އުތުރު ފަރާތު ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ޢާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި