Wednesday, 9 September 2026
Ads by

އެމްއޭސީއެލް އިން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ދެ ދުވަހުގެ ކޭމްޕެއް ފަށައިފި

އެމްއޭސީއެލް އިން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ދެ ދުވަހުގެ ކޭމްޕެއް ފަށައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ.

Ad Image
Ads by

ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. މީގެ މަޤުޞަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން އެދިފައިވަނީ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.

މިކަމަށްއެދިފައިވަނީ ޑޯނަރުން ނުލިބިގެން ކުދިން އުޅޭތީ ކަމަށާއި، ހުރިހާ ވައްތަރެއްގެ ލޭ ވެސް ބޭނުންވާ ކަމަށް އެމްބީއެސް އިން ބުނެއެވެ.

އެމްބީއެސްއިން އާންމުކުރި ޕޯސްޓުގައި ލޭ އެންމެ ބޭނުންވާ ވައްތަރުތައް:

އޭ ޕޮޒިޓިވް
އޯ ޕޮޒިޓިވް
އޯ ނެގެޓިވް
ބީ ޕޮޒިޓިވް
ބީ ނެގެޓިވް
އޭބީ ޕޮޒިޓިވް

ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް އެ ގަޑިތަކުގައި ދިއުމުން ލޭ ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން 45 ކިލޯއަށް ވުރެ ބަރު މީހުންނަށެވެ.

ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކެއުމަށް ބްލަޑް ސާވިސްއިން އެދެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
flat
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި