Saturday, 24 October 2026
Ads by

ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ

ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ކެންޑިޑޭޓުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފޯމު ހުށަހަޅާ ވަގުތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:30 އަށް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެ އެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ނިޒާމަކީ ފޯމު ހުށަހަޅާ ފަރާތްތަކަށާއި ކޮމިޝަންގެ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ތައާރަފްކުރި ނިޒާމެކެވެ.

މި ނިޒާމުގެ ސަބަބުން މައުލޫމާތުގެ ސައްހަކަން އަވަހަށް ކަށަވަރުކުރެވި، ކެންޑިޑެސީއާ މެދު ކޮމިޝަނުން ނިންމާ ގޮތް ކުރު މުއްދަތެއްގެ ތެރޭގައި ކެންޑިޑޭޓުންނަށް އެނގިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ކެންޑިޑެސީ ފޯމުތައް ހުށަހަޅާއިރު ބައެއް ފަރާތްތަކުގެ ފޯމުތައް ބާތިލުވާ މައިގަނޑު ސަބަބުތަކެއް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަނޭޅުމާއި، ކަރެކްޝަނަލް ސާވިސްގެ ރެކޯޑުތައް މަދުވުން ހިމެނެ އެވެ. އެހެންކަމުން، ފޯމު ހުށަހަޅާއިރު މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި