Wednesday, 9 September 2026
Ads by

އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަކުރުމަށް އީރާނުގެ ރައީސް މަސްއޫދު ފެޒެޝިއަން ގޮވާލައްވައިފިއެވެ.

Ad Image
Ads by

ފެޒެޝިއަން އެކަމަށް ގޮވާލެއްވީ ޤަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ފޯނުން ގުޅުއްވައި، ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.

އީރާނުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ފެޒެޝިއަން ފާހަގަކުރެއްވި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި އެމެރިކާއާ ބެހޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާއިން ހަގީގީ ޑިޕްލޮމެސީއަކަށް އެދޭނަމަ، އެ ގައުމުން ހިންގާ ހަމަނުޖެހުމަށް މަގުފަހިވާ އަމަލުތައް ވަގުތުން ހުއްޓާލަންޖެހޭނެ ކަމަށެވެ.

އީރާނުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފެޒެޝިއަން އިތުރަށް ވިދާޅުވީ، އީރާނުން އަބަދުވެސް އިސްކަންދެނީ ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ މާތް އުސޫލަށް ކަމަށެވެ. ނަމަވެސް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އީރާނުން ފަސްނުޖެހޭނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި ދަނޑިވަޅަކީ އެމެރިކާއިން އިރާނަށް އެކި ކަހަލަ އިންޒާރު ދެމުންދާ ދުވަސްވަރެއް ކަމުން، އިރާނުން ދަނީ އެކަން ކަމަށް ތައްޔާރީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ޑޮނަލްޑް ޓްރަމްޕް ބުނީ އިރާނުން ކުރިއަށް ގެންދާ ޔޫރޭނިއަންގެ މަަސައްކަތް ވަގުތުން ވަގުަތަށް ހުއްޓަލަން ޖެހޭ ކަމަށެވެ. އަދި ދުރު ރާސްތާ މިސައިލް ހެދުން ހުއްޓާލުމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

އެއަށް އިންޒާރު ދެއްވަމުން އިރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ ވިދާޅުވީ، ޔުރޭނިއަމް އުފައްދަނީ ޤައުމުގެ ހަކަތަ އުފެއްދަން ކަމަށާއި، އެކަން ނުހުއްޓޭނެ ކަމަށެވެ. ހަމައެއާއެކު ޓްރަމްޕް ހީކުރާ ގޮތުގައި އެމެރިކާ އަކީ ސުޕަ ޕަވާއެއް ނޫން ކަމަށާއި، ޙަޤީޤީ ބާރަކީ މަތް ﷲ ކަމުގައި ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

ޚާމަނާއީ ވިދާޅުވީ، އެއްވެސް ފަރާތެއް ދެކެ ބިރު ނުގަންނާނެ ކަމަށާއި، ހަމައެކަނި ބިރު ގަންނަ ފަރާތަކީ މާތްﷲ ކަމަށެވެ.

މި ބައްދަލުވުންތަކަކީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ސަރަހައްދީ ބާރުތަކާއެކު ގުޅުން ބަދަހިކުރުމަށް އީރާނުން ފަށާފައިވާ މުހިންމު މަސައްކަތްތަކެއްގެ ބައެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި