Saturday, 24 October 2026
Ads by

އެމެރިކާއިން ހަމަލާދީފިނަމަ، ވަގުތުން ރައްދު ހަމަލާ ދޭނަން: އިރާން

އެމެރިކާއިން ހަމަލާދީފިނަމަ، ވަގުތުން ރައްދު ހަމަލާ ދޭނަން: އިރާން

އެމެރިކާއިން ހަމަލާދީފިނަމަ އިރާނުން ވަގުތުން ވަރުގަދަ ރައްދު ހަމަލާ ދޭނެ ކަމަށް އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

އެމެރިކާ އިރާންގެ ނުތަނަވަސްކަން ބޮޑުވަމުން އަންނައިރު، އެމެރިކާއިން އަންނަނީ އެ ސަރަހައްދަށް އެގައުމުގެ އަސްކަރީ ފައުޖުތައް ޖަމާކުރަމުންނެވެ. އަދި އިރާނުން ވެސް އަންނަނީ އަސްކަރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

މިފަހުންވެސް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުން ”ޑީލް“ އެއް ހެދުން އަވަސް ކުރުމަށާއި، ”ޑީލް“ ނަހަދައިފިނަމަ ހަމަލާ ދޭނެކަމުގެ އިންޒާރު ދީފަ އެވެ. ޓްރަމްޕް މަޖުބޫރު ކުރަމުން އަންނަނީ އިރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށެވެ.

ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން އިރާންގެ ފޮރިން މިނިސްޓަރު އަރަގްޝީއާ ހަވާލާދީ ބޭރު މީޑިއާތަކުގައި ބުނެފައިވަނީ، އިރާންގެ އަސްކަރީ ފައުޖުތައް ތިބީ ތައްޔާރަށް ކަމަށެވެ. އަދި އިރާނާއި ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް، ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އަރަގްޝީ ވިދާޅުވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ”ޑީލް“ އެއް ހެދުން އަވަސް ކުރުމަށް ޓްރަމްޕް އެދުނު ނަމަވެސް، އެމެރިކާގެ ފަރާތުން އިރާނަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށް އިރާންގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ވަނީ މާދަމާ ތުރުކީއަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ތުރުކީން އިރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕްލޭން ކުރަމުންދާކަން ރިޕޯޓުކޮށްފައިވަނިކޮށެވެ.

މީގެއިތުރުން އިރާންގެ މީޑިއާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާންގެ އަސްކަރިއްޔާއަށް ވަނީ އިތުރު 1000 ޑްރޯން ފޯރުކޮށްދީފަ އެވެ. އަދި މި ޑްރޯންތައް އިރާންގެ އަސްކަރީ އެކި ބަހާތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައިވެ އެވެ.

މި ނުތަނަވަސްކަމުގެ ތެރެއިން މިއަދު އީޔޫގެ ފޮރިން މިނިސްޓަރުން ވަނީ އިރާނާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފަ އެވެ. އިރާންއާ ދެކޮޅަށް ދަތިކުރުމުގެ މި ފިޔަވަޅުތައް އެޅުމަށް އީޔޫގެ ފޮރިން މިނިސްޓަރުން ނިންމަވާފައިވަނީ އިރާންގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވުމާއި އިރާނުން ރަޝިޔާއާ ބާއްވާ ގާތްގުޅުމުގެ ސަބަބުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި