Wednesday, 9 September 2026
Ads by

ވައްކަން ކުރަންވާނީ ބޮޑެތި އަދަދުން، ކުޑަ އަދަދެއް ނުނަގާތި: ޔާމީން

ވައްކަން ކުރަންވާނީ ބޮޑެތި އަދަދުން، ކުޑަ އަދަދެއް ނުނަގާތި: ޔާމީން

ޔާމީން ޕީއެންއެފް ޖަލްސާގައި...

ވައްކަން ކުރަންޏާ ކުރަންވީ ބޮޑެތި އަދަދުތަކުންކަމަށާއި، ކޮންމެވެސް ކުޑައެއްޗެއް ވަގަށް ނުނަގަން ގޮވާލައްވާ ކުރީގެ ރައީސް ޔާމީން ވައްކަމާއި ކޮރަޕްޝަނަށް ހިތްވަރުދީ ވާހަކަ ދައްކަވައިފިއެވެ.

Ad Image
Ads by

ޔާމީން މިފަދަ ވާހަކަތަކެއް ދެއްކެވީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޔާމީން މިފަދައިން ވިދާޅުވިއިރު އެމަނިކުފާނަކީ ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް އިއްވި ފަރާތެކެވެ.

ޔާމީން މި މޭރުުން ވާހަކަ ދެއްކެވީ އެމްއެމްޕީއާރުސީ މައްސަލައާއި، އެމައްސަލައިގެ 2 ބައިވެރިންކަމަށްވާ ކުރީގެ ނައިބު ރައީސް އަދީބާއި، ޒިޔަތަށް އަދި ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ޖުޑީޝަރީއަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ވައްކަން ކޮބައިތޯ އާއި މިކަމުގެ ޒިންމާތައް އުފުލާ، އަމިއްލަ އިއުތިރާފުން ކޯޓުތަކުގަ އެކަމަށް އެއްބަސްވި އަދީބާއި ޒިޔަތާ ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި އެކަމަކީ ފައިސަލް ނަސީމް ނައިބު ރައީސަކަށް ހުރެގެން ކުރި ކަމެއް ކަމަށް ޔާމީނު ތުހުމަތު ކުރެއްވިއެވެ.

”ކޮބައިތޯ އެމްއެމްޕީއާރުސީގެ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ވައްކަން ކޮބައިތޯ މިކަމުގެ ޒިންމާތައް އުފުލާ، އަމިއްލަ އިއުތިރާފުން ކޯޓުތަކުގަ އެކަމަށް އެއްބަސްވީ އަދީބާއި ޒިޔަތާ. އެތިބީ މަޢާފުވެގެން ގޮއްސަ. އެހެރީ ހައްގުތައް ވަރަށް ކުރިއަރުވާފަ އިނގޭތޯ . މިއީ ފައިސަލް ނަސީމް ނައިބުރައީސަކަށް ހުރެގެން ކުރި ކަންތައް އިނގޭތޯ. އެހެންވީމަ އޭރު ޕީޖީއަކަށް ހުރި ޝަމީމްވެސް ބުނީ މީނަ (އަދީބު) ގެ މައްޗަށް ، މަތިމައްޗަށްގޮސް 500، 800 އަހަރުގެ ހުކުމް އަންނާނޭ، އެހެންވީމަ ވަރަށް މުޑުދާރު އިނގޭތޯ. ލަދުވެތި އިނގޭތޯ“ ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން އަދީބަށް ދިން ހާއްސަ އިމްތިޔާޒުތަކަށް ވެސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ. އަދި މިފަދަ ސަބަބު ތަކަށްޓަކައި، ވައްކަން ކުރަންޏާ ކޮންމެސް ކޮންމެސް ކުޑަކުޑަ އަދަދެއްގެ އެއްޗެއް ނުނެގުމަށާއި، ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުން ކަމަށް ޔާމީން ވިދާޅުވިއެވެ. ސަބަބެއްކަމުގައި ޔާމީން ވިދާޅުވީ ކުޑަ ވައްކަމެއް ކޮށްފިނަމަ އެ ޙުކުމުގެ މުއްދަތު ނިމެންދެން ތަންފީޒު ކުރާނެތީކަމަށެވެ. އަދި ބޮޑު އަދަދުން ވައްކަންކޮށްފިނަމަ، ތަންފީޒެއް ނުކުރާނެ ކަމަށާއި، 3 ދުވަހު ޖަލުގަ ހުރެފަ ނުކުންނާނެތީ ކަމަށް ވިދާޅުވެ، ކޮރަޕްޝަނާއި ވައްކަމަށް ޔާމީން ހިތްވަރުދެއްވިއެވެ.

”އެހެންވީމަ މިތަނުގަ ވައްކަން ކުރަންޏާ ކޮންމެސް ކޮންމެސް ކުޑަކުޑަ އަދަދެއްގެ އެއްޗެއް ނުނަގާތި، އެއީ އެ ޙުކުމް ތަންފީޒު ކުރާނެ މުއްދަތު ނިމެންދެން. ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުން. އޭރުން ތަންފީޒެއް ނުކުރާނެ އުޅެލާފަ 3 ދުވަހު ޖަލުގަ ހުރެފަ ނުކުންނާނެ.. 3 ދުވަހު ޖަލުގަ ހުރެފަ ނޭވާ ނުލެވިގެންކަމަށް އަދީބު ހަދައިގެން ގޭގަހުރީ. އެކްސްރޭ މެޝިނަކާ.. ދެން އަޅުގަނޑަކަށް ނޭނގެ ނުގުޅަނީ ކޯއްޗެއް ކަމެއް. މިނިވަންކަމާއެކީ ނިދާމެޝިނުގަ. އިރުކޮޅަކުން ފެނުނީ އިބްރާހިމް މުޙައްމަދު ޞޯލިހު އޭނަ ދޫކޮށްލިތަން. ދޫކޮށްލިތަނުން ކާށިދޫކަނޑު މެދުން ގޯއްޗެއްވެސް ނެގި އެހެންވީމާ ދިވެހިރާއްޖޭގަިއ ކޮރަޕްޝަނާއި، ސަރުކާރުގެ ފައިސާ ނަގާ މީހުންނަށް އަންނާނެ ޖަލު ހުކުމުގެ ވާހަކަ ނުދައްކަމާ ހިނގާ. އެއެއް ނުހިނގާނެ. ދިވެހިރާއްޖޭގައި މިއޮތް ޖިނާޢީ ނިޒާމަކީވެސް ކޮރަޕްޝަންގެ ނިޒާމެއް. ވައްކަންކުރަންޏާ ހަމަ ބޮޑުތަނުން ވައްކަންކުރޭ“ ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ހިމާޔަތްވެސް މިލިބެނީ ވައްކަންކުރާ މީހުންނަށް ކަމަށާއި، ވައްކަން ކުރާ މީހުންނަށް ރައްޔިތުން އިހުތިރާމްވެސް ކުރާ ކަމަށެވެ. އެއީ ވަގަށްނަގާ ފައިސާ އެމީހުން ބަހާލާތީކަމަށާއި، ތެދުވެރިކަމާއެކު ލާރިހޯދާ މީހުން އަތުގައި ބަހާނެ ފައިސާ ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވަގަށް ފައިސާ ނަގާ މީހުން މުއްޖަހާފަ ރައްޔިތުންނަށް ފައިސާ ދޭނެކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ދިގު މުއްދަތަށް ކުރާ ޙުކުމްތަކަކީ ތަންފީޒުކުރާނެ ކަންކަމެއް ނޫންކަމަށާއި، އެއީ ދައްކާ ބާވެފައިހުރި ވާހަކަތަކެއްކަމަށް ވިދާޅުވެ، ޔާމީން ވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޤައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ޔާމީނަށް އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހަސަނު
ހަސަނު
7 މަސް ކުރިން

ކޮބާ ހީވޭ ކަމެއްހެން، ވައްކަން ކުރުމުގެ ހައްދެއްވެސް ނެތީއޭ!

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި