Wednesday, 9 September 2026
Ads by

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ދޭންފަށައިފި

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ދޭންފަށައިފި

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް..

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ޚާއްސަ ސްޕެޝްލިސްޓް ޑޮކްޓަރެއްގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މިއީ މުޅި ހުވަދު އަތޮޅުގެ ތާރީޚުގައިވެސް ހިތުގެ ބަލިތަކަށް ޚާއްސަ ސްޕެޝްލިސްޓް ފަރުވާގެ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރެވެ.

Ad Image
Ads by

މި ޚިދުމަތް ތައާރަފްކުރުމާ ގުޅިގެން، ހުވަދު އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި، މިހާރު ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، މިއީ އެ ސަރަހައްދުގެ ސިއްހީ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިކަމާ ގުޅޭގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރެވުނު މުހިންމު ޚިދުމަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ސްޕެޝަލިސްޓް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މީގެ ކުރިން ހުވަދު އަތޮޅުގެ ރައްޔިތުން ހިތުގެ ބަލިތަކުގެ ޗެކަޕްތައް ހެދުމަށާއި ފަރުވާ ހޯދުމަށް އާންމުކޮށް ދާންޖެހެނީ މާލެއަށެވެ. ނަމަވެސް މި އާ ޚިދުމަތާއެކު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފެންވަރު އިތުރަށް މަތިވެ، ހުވަދު އަތޮޅުގެ ދެބައި (ގއ. އަދި ގދ.) ގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ތިނަދޫއިން މި ފަރުވާ ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.

ޑރ އަބްދުއް ސަމަދު ހޮސްޕިޓަލް ސީއީއޯ ވިދާޅުވީ ގޮތުގައި އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސްޕެޝަލިސްޓް ޚިދުމަތްތައް ތައާރަފްކޮށް، ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާގެ ފުރުސަތުތައް ފުޅާކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި