Saturday, 24 October 2026
Ads by

އޭދަފުށީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

އޭދަފުށީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

އައިޖީއެމް ހޮސްޕިޓަލް---

ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެއްޖެއެވެ.
މި މަހުގެ 15 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ބ. އޭދަފުށީ، 83 އަހަރުގެ އަބްބޫކަރު ޢަބްދުﷲ އަށެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad Image
Ads by

މި އެކްސިޑެންޓް ހިނގީ މަޣްރިބު ނަމާދަށް ފަހު، އަސާގަނޑެއްގެ އެހީގައި މަގުމަތީ ހިނގާފައި ދަނިކޮށް ދުއްވާފައި ދިޔަ ޕިކަޕެއް އަބޫބަކުރު ގައިގައި ޖެހިގެންނެވެ. ޕިކަޕްގައި ޖެހި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަބޫބަކުރަށް އެންމެ ފުރުތަމަ ފަރުވާ ދިނީ ބ. އަތޮޅު ހޮސްޕިޓަލްގައި ނަމަވެސް، ޙާލު ދެރަވާން ފެށުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީއެވެ.

މި އެކްސިޑެންޓް ހިނގުމާ ގުޅިގެން ޕިކަޕް ދުއްވަން ހުރި ޢަބްދުﷲ ރަމީޒު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަބޫބަކުރުގެ ޖަނާޒާގެ ކަންކަން އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު އާ ސަހަރާގަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި