Wednesday, 9 September 2026
Ads by

އުނގެނުމުގެ މަގަކީ ދިގު މަގެއް، އެހެންނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ ޖިހާދެއް: ޚުޠުބާ

އުނގެނުމުގެ މަގަކީ ދިގު މަގެއް، އެހެންނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ ޖިހާދެއް: ޚުޠުބާ

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދުކުރަނީ---

ޢިލްމު އުނގެނުމުގެ މަގަކީ ދިގު މަގެއް ކަމަށާއި، އެހެންނަމަވެސް އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ މަތިވެރި ޖިހާދެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

މިއަދުގެ ހުކުރު ޚުޠުބާގައި ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނެވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ވަނީ އަގުހުރި ނަޞޭޙަތްތަކެއް ދެއްވައިފަ އެވެ. އެގޮތުން ދަރިވަރުންނަކީ ޤައުމާއި އުންމަތުގެ އުންމީދު ކަމަށާއި، އެހެން އެކަން އޮތްއިރު، ދަރިވަރުންނަށް އުނގަންނައިދޭ މުދައްރިސުންނަށް އިޚްތިރާމްކޮށް، ސްކޫލުގެ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށްވުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. ޚުޠުބާގައި ބުނީ، ބޭނުމެއް ނެތް ކަންކަމުގައި ވަގުތު ބޭކާރު ނުކޮށް، ޢިލްމު އުނގެނި، މާތްﷲ އެންގެވި ކަންކަމަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ދަރިވަރުންވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޚުޠުބާގައި ދެއްވި ނަޞޭޙަތަކީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށް ރޯޝަންކޮށްދޭ ދަންމަރުތަކެއް ކަމަށްވާއިރު، އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރޭގައި އެ ކުދިންގެ މުސްތަޤްބަލު ބިނާކުރާ ބަޔަކަށްވުމަށެވެ. އެއީ ނުހަނު ބޮޑު އަމާނާތެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، އެ އަމާނާތަށް ރައްކާތެރިވާ މުދައްރިސުންގެ ދަރަޖަ އެތަށް ގުނައެއް އުފުލިގެންދާނެ ކަމަށެވެ.

މީސްތަކުންނަށް ހެޔޮކޮށް އުނގަންނައިދޭ މީހާގެ މައްޗަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާއިރު އެ ކަލާނގެ ޚަލްޤުކުރެއްވި މަޚްލޫޤުން ވެސް އެ މީހަކަށް ހެޔޮ ދުޢާ ކުރާއިރު، މި މަތިވެރި މަސްޢޫލިއްޔަތަށް ކެތްތެރިވެ، ދަރިވަރުންނަށް ލޯތްބާއި ޢަދުލުވެރިކަމާއެކު އިރުޝާދު ދިނުމަށް ހުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އެހެން އެކަން ކޮށްފި ނަމަ ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ގެ ހަދީޘްފުޅުތަކުގައިވާ ފަދަ ދަރަޖަ މަތިވެރި ބަޔަކަށް މުދައްރިސުން ވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

މިއަދުގެ ޚުޠުބާގައި ބެލެނެވެރިންނަށް ވަނީ ވަރަށް މުހިއްމު ނަޞޭޙަތެއް ދެއްވައިފައެވެ. އެގޮތުން ދަރިން ސްކޫލަށް ފޮނުވުމުން ބެލެނެވެރިން ޒިންމާއިން ބަރީއަވީނޫން ކަމަށާއި އެހެނެއްކަމަކު ބެލެނެވެރިންގެ ޒިންމާއަކަށްވާން ޖެހޭނީ، އެ ކުދިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން އެ ކުދިންނަށް ހިތްވަރުދީ އިތުބާރު ހޯދައިދޭ ބަޔަކަށްވުމަށް ކަމަށް ޚުޠުބާގައި ބުންޏެވެ. މީގެ އިތުރުން އެ ކުދިންގެ ޞިއްޙަތާއި އެ ކުދިންނަށް އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިޔާއަށް ބެލެނެވެރިޔާވާން ޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

އަދިހަމައެހެންމެ، އާޢިލީ ނުތަނަވަސްކަމާއި މުޖުތަމަޢުން ކުރިމަތިވާ އުނދަގޫތަކުން ދަރިން ދުރުކޮށްދީ، އެ ކުދިން ރައްކާތެރިކޮށްދޭ އައްޑަނައަކަށްވުމަށާއި، އެ ކުދިންނަށް ލިބޭ ކާމިޔާބީގައި ބައިވެރިވެ، ނާކާމިޔާބީގައި ރުޅި އިސްނުކޮށް އެ ކުދިންގެ އަތުގައި ހިފައި އާ އަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭ ބަޔަކަށްވުމަށް ވެސް ޙުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ތައުލީމީ ސިޔާސަތުތައް ޒަމާނާ އެއްގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ޚުޠުބާގައި ގޮވާލާފައިވާއިރު، ތަޢުލީމީ ދާއިރާފެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ކުރިއަށް އަންނަން އޮތް ޖީލުތަކަށްޓަކައި ވެރިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްޢޫލިއްޔަތެއް ކަމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި މި އަމާނާތަށް ރައްކާތެރިވާ ބަޔަކަށް ވެރިންވުމަށް ޙުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި