Sunday, 26 July 2026
Ads by

މިނިސްޓަރު ޒަމީރު އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރެއްވުން--- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ފިނޭންސް މިނިސްޓަރު ސުލްޠާން ބިން ސާލިމް ބިން ސަޢީދު އަލް ހަބްސީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ad Image
Ads by

ފިނޭންސް މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ އެއްބާރުލުން ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެ ބޭފުޅުން ވަނީ، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި، ކަނޑުގެ ވަޞީލަތްތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތަކާއި، ވެލިއު ޗެއިން އަދި އެއާ ގުޅުންހުރި ވިޔަފާރީގެ ހަރަކާތްތަކުން ލިބެންހުރި ފުރުޞަތުތައް ހިމެނެއެވެ. އަދި ހަމައެހެންމެ ރާއްޖޭގައި ކުރިއަށްގެންދާ ހަކަތައާ ގުޅޭ މަޝްރޫޢުތަކުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން އަދި، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޮމާނަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމު ކަމަށްވުމުން، މި ޒަމާންވީ އިޤްތިޞާދީ ގުޅުން ދެމެހެއްޓުމާއި އިތުރަށް ތަރައްޤީކުރުމުގެ މުހިންމު ކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލައްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި