Saturday, 17 October 2026
Ads by

ވިލުފުށީ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި

ވިލުފުށީ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރަނީ--- ފޮޓޯ: އެމްއޭސީއެލް

ތ. ވިލުފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.

Ad Image
Ads by

އެމްއޭސީއެލް އިން ބުނީ ވިލުފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް  ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކައި ނިމިފައިވަނީ 65 ހެކްޓަރުގެ ބިމެވެ. އެއީ ހިއްކަންޖެހޭ ބިމުގެ 80 އިންސައްތައެވެ.

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަނީ ފިލިޕޯ ބްރޫނެލެސްޗީ ނަމަކަށް ކިޔާ 11،300 ކިއުބިކް މީޓަރުގެ ވެލި ނެގޭ ކެޕޭސިޓެއްގެ ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

https://twitter.com/MACLmedia/status/2016784993406869646

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅު ތެރެއިންނެވެ. މި މަޝްރޫޢުގެ ދަށުން 1,800 މީޓަރު ދިގު ރަންވޭއަކާއި ޖާގަ ތަނަވަސް ޓާމިނަލެއްގެ އިތުރުން އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި