Wednesday, 9 September 2026
Ads by

އަލްޙާފިޡް އަމަތުއްރަޙްމާނާ އިސްލާމީ ވުޒާރާއިގެ ވަޒީރު ބައްދަލުކުރައްވައި މަރުޙަބާ ދަންނަވައިފި

އަލްޙާފިޡް އަމަތުއްރަޙްމާނާ އިސްލާމީ ވުޒާރާއިގެ ވަޒީރު ބައްދަލުކުރައްވައި މަރުޙަބާ ދަންނަވައިފި

އަލްޙާފިޡް އަމަތުއްރަޙްމާން ބިންތި ޢަބްދުﷲ އާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ބައްދަލު ކުރެއްވުން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 15 އަހަރުގެ އަލްޙާފިޡް އަމަތުއްރަޙްމާން ބިންތި ޢަބްދުﷲއާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

Ad Image
Ads by

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ އުމުރުން އެންމެ 15 އަހަރުގައި އަމަތުއްރަޙްމާން ހޯދި މި މަތިވެރި ކާމިޔާބީ ފާހަގަކުރައްވައި، އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވައި، އަމަތުއްރަޙްމާނަށް ވަޒީރު ވަނީ ހިއްވަރު ދެއްވާފައެވެ.

އަލްޙާފިޡް އަމަތުއްރަޙްމާން ބިންތި ޢަބްދުﷲ ޙާފިޡް ކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ 25 ޖަނަވަރީ 2026 ގައެވެ. އޭނާ މި ޝަރަފުވެރި ސަނަދު ހާސިލްކުރީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް އެންމެ މަސްދުވަހުގެ ތެރޭގައި މުޅި ޤުރުއާން ކިޔުއްވައި، އެއްވަނަ ދަރަޖައިގައި ފާސްވެގެންކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ޒުވާން ޙާފިޡުން އުފެދުމަކީ އިސްލާމީ މުޖުތަމައުއަކަށް ލިބޭ ބޮޑު ފަޚުރެއްކަމާއި، ސަރުކާރުން މިފަދަ ކަންކަމަށް އަބަދުވެސް ހިއްވަރުދޭނެކަމުގެ ޔަގީންކަން މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި