Wednesday, 9 September 2026
Ads by

މޫސާ ޖަލީލަކީ ޤައުމަށް ޣައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާ

މޫސާ ޖަލީލަކީ ޤައުމަށް ޣައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ ޕީއެންސީ މާފަންނު ޖަގަހައިގައި، އަރިހުގައި މޭޔަރު ކެންޑިޑޭޓް: ފޮޓޯ/ ޕީއެންސީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ޤައުމަށް ޣައްދާރުވާނެ ބޭފުޅެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ވޯޓު ދޭންޖެހޭނީ އެފަދަ އިޚްލާސްތެރި ބޭފުޅުންނަށް ކަމަށާއި ޕީއެންސީ ކެންޑިޑޭޓުންގެ ފަސްބައި ބަލާއިރު، އެ ބޭފުޅުންނަކީ ޤައުމީ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ބޭފުޅުންކަން ޔަގީންވާ ކަމަށެވެ.

މީގެއިތުރުން މޫސާ އަލީ ޖަލީލު ވަނީ 1988 ނޮވެމްބަރު 3 ގައި ޤައުމަށްޓަކައި މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންނެވި، ހިތްވަރުގަދަ ފަހުލަވާނެއްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެފަދަ ޤުރުބާނީއެއް ޤައުމަށްޓަކައި ވެވަޑައިގަތް ބޭފުޅެއްގެ ހިތްޕުޅުގައި ޤައުމަށް އޮންނާނެ ލޯތްބާއި، ޤައުމަށްޓަކައި މަސައްކަތްކުރައްވާނެ ގޮތް އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ.

މެޑަމް ވަނީ ކޮންގްރެސް ޕާޓީގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ވާދަވެރި ޕާޓީތަކުގެ އާންމު މެންބަރުންވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި