Wednesday, 9 September 2026
Ads by

ވޯޓުދީ، ރަށްރަށުގެ ތަރައްޤީއާއި ހެވަށް މަސައްކަތް ކުރާނަން: އެމްޑީޕީ

ވޯޓުދީ، ރަށްރަށުގެ ތަރައްޤީއާއި ހެވަށް މަސައްކަތް ކުރާނަން: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ރައީސް އިބޫ އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ،އަދި ކުރީގެ ލީޑަރު

ދިވެހިރާއްޖޭގެ ތަރައްޤީއާއި ހެވަށް މަސައްކަތް ކުރެވޭނީ ކުރިއަށްއޮތް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓުދީގެން ކަމަށް އެޕާޓީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު  ޢަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޢަބްދުﷲ ވަހީދު މިފަދައިން ވިދާޅުވީ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތައް ހިއްސާކުރައްވާ އޭނާ ވިދާޅުވީ އެމްޑީޕީއިން ދަނީ މި އިންތިޚާބަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމާއި، ކެމްޕޭން ޓީމުތައް އެކުލަވާލުމާއި، ކެންޕެއިން މެނިފެސްޓޯއެއް އެކުލަވާލައި، މުޅި ރާއްޖޭގައި ކެންޑިޑޭޓުންނަށް ޓްރެއިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން އިދިކޮޅު ކެންޑިޑޭޓުންނަށް ހުރަސް އަޅާކަމަށާއި، އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކުރައްވާފައެވެ.

”ސަރުކާރުން ދަނީ އެތައް ނުފޫޒެއް ފޯރުވަމުން، ގޯއްޗާއި ފުލެޓު ބަހަނީ، އެތައް ވަޒީފާއެއް ދަނީ ދެމުން، އޭސީސީން ދަނީ ސަރުކާރުން ކުރާ ކަންކަމަށް ތަރުހީބު ދެމުން“ ތަރުޖަމާނު ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން އެދެނީ އެ ޕާޓީގެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ކަމަށާއި ރަށްރަށުގެ ތަރައްޤީއަށް އަދި ހެވަށް ވެސް މަސައްކަތް ކުރެވޭނީ އޭރުން ކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށްރަށުގައި މަސައްކަތް ހުރީ ހުއްޓިފައި ކަމަށާއި، އެހެން އެކަން ހުރި އިރު ވެސް ޕީއެންސީގެ ކައުންސިލަރުން ރައްޔިތުންގެ ހައްގުގައި ބަސް ބުނާ ތަން ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް ހުއްޓިފައި ހުރީ ކޮންރަށެއްގެ ކޮން މަސައްކަތެއް ކަމެއް ތަފްސީލެއް ނުކޮށްދެއްވައެވެ.

”އަޅުގަނޑުމެން އެދެނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުން. ރަށްރަށުގެ ތަރައްގީއަށް އަދި ހެވަށް ވެސް މަސައްކަތް ކުރެވޭނީ އޭރުން. ރަށްރަށުގައި މަސައްކަތް ހުއްޓިފައި ހުރި އިރު ވެސް ޕީއެންސީގެ ކައުންސިލަރުން ރައްޔިތުންގެ ހައްގުގައި ބަސް ބުނާ ތަނެއް ނުފެނޭ“ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީއަކީ އިންތިޚާބުތަކަށް ފަރިތަ އިންތިޒާމު ވެގެން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، އެމްޑީޕީ މި ނުކުންނަނީ ކައުންސިލުތައް ސިޔާސީ ނުފޫޒުން ސަލާމަތް ކުރަން ކަމަށެވެ. އަދި އެމްޑީޕީން އޮތީ ލާމަރުކަޒީ ނިޒާމު ހިންގަން ތައްޔާރުވެފައި ކަމަށާއި، އެޕާޓީގެ ކައުންސިލަރުން ހޮވައި ދިނުމަށް އެދެނީ ބާރުވެރި ކައުންސިލްތަކަކަށް މަގު ފަހިކޮށް ދިނުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި