Sunday, 26 July 2026
Ads by

ރައީސް ވިދާޅުވި ތާރީޚަށް ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ރައީސް ވިދާޅުވި ތާރީޚަށް ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ރައީސް ޑރ . މުޢިއްޒު ވެލިދޫ ރައްޔިތުންނާއި މުޚާތަބު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. ވެލިދޫ ރައްޔިތުންނާ 23 ޖުލައި 2025 ގައި ބައްދަލުކުރައްވައި، އެމަނިކުފާނު ރަށުގެ ރައްޔިތުންނަށް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް، ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު އިފްތިތާޙްކޮށްފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި ނ. ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރަފުވެރި މެހުމާނު ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީ ފާހަގަކުރެއްވި ގޮތުގައި މި ޤާއިމްކުރެވުނު ސީ އެމްބިއުލާންސް ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި ޙާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމުގައެވެ.

އަދި ނ. ވެލިދޫގައި މި ޤާއިމްކުރެވުނު ސީ އެމްބިއުލާންސްގެ ޚިދުމަތުން އެނގިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ވިދާޅުވާ ބަސްފުޅާ އެއްގޮތަށް ޢަމަލުން ނަތީޖާ ދައްކަވާ، ވެވަޑައިގަންނަވާ ވަޢުދުތައް އަކުރުން އަކުރަށް ފުއްދަވާ ރައީސެއް ކަމުގައި ކަމަށް ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވިއެވެ.

މީގެއިތުރުން، މި ޤާއިމްކުރެވުނު ސީ އެމްބިއުލާންސް ޚިދުމަތުގެ ސަބަބުން، ނ.އަތޮޅުގެ ކޮންމެ ރަށެއްގައި ހުރި ރައްޔިތަކަށްވެސް ކުއްލި ޙާލަތެއް ދިމާވާ ހިނދު، އެންމެ އަވަސް އަދި އެންމެ ފުރިހަމަ ފަރުވާ ލިބޭނެކަމުގެ ޔަޤީންކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ނ. ވެލިދޫގައި ޤާއިމްކުރެވުނު ސީ އެމްބިއުލާންސް ޚިދުމަތުގެ އިތުރުން، މިއަހަރު ދިވެހި ދަޢުލަތުން ޚަރަދުކުރައްވައިގެން މުޅިން އައު 9 ސީ އެމްބިއުލާންސް ހޯއްދަވާ އަތޮޅުތެރޭގެ 9 ރަށެއްގައި މުޅިން އަލަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ޤާއިމްކޮށް މިހާރު ޚިދުމަތް މެދުކެނޑިފައިވާ 3 ރަށެއްގައި އަލުން ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާރު ބޭނުންކުރާ ސީ އެމްބިއުލާންސް ފްލީޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޮދަރން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ނަވީޒާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ހަމްދާން އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމެންޓުގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔޫސުފް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި