Sunday, 26 July 2026
Ads by

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ %50 ކުޑަކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ %50 ކުޑަކޮށްފި

މާލޭގެ ކެފޭއެއްގެ ތެރޭގައި އާންމުން ޚިދުމަތް ހޯދަނީ..

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަންފީ މިއަދުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް %50 އަށް ކުޑަކޮށްފިއެވެ.

Ad Image
Ads by

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަޮތޯރިޓީން ވިދާޅުވީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގައި އެ އިދާރާއިން ނަގަަމުން އަންނަ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިއަހަރުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ%50 ކުޑަކުރަން ނިންމާފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަށް ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އިންތިޤާލީ އުޞޫލުގެ ޤަވައިދުގައި ވާގޮތުން
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން 14 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. ހުރިހާ ތަނަކަށް ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް އުޞޫލްގައި ކަނޑައަޅާފައި އޭރު އޮތީ 500 ރުފިޔާއެވެ. މިއީ އެއް ފަހަރު ނަގާ ފީއެއް ކަމަށް ގަވައިދުގައިވެއެވެ. ނަމަވެސް އެމްއެފްޑީއޭއިން ގެނައި ބަދަލާއެކު ދެން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގާނީ 250 ރުފިޔާއެވެ. މީގެ އިތުރުން، އަހަރީ ފީގެ ގޮތުގައި 2،000ރުފިޔާއިންއިން ފެށިގެން އެކި އަގުތައް އެކި ކެޓަގަރީތަކުގެ ތަންތަނުން ނަގައެވެ. މިއަދުން ފެށިގެން ދެން ދައްކަންޖެހޭނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައެވެ.

މިހާރު ނަގާ އަގުތަކަކީ:
– ހޮޓާ، ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުން 2،000 ރުފިޔާ، އިތުރުވާ ކޮންމެ ބަދިގެ، ސާވިން އޭރިއާއަކަށް 100 ރުފިޔާ. އަދި އިތުރުވާ ކޮންމެ 50 ގޮނޑިއަކަށް ވެސް 100 ރުފިޔާ
– ކޭޓަރިން، ބޭކަރީ އަދި ޕޭސްޓްރީ ޝޮޕްތަކުން 1000 ރުފިޔާ
– ބަތްޕާރުސަލް ހަދައި ވިއްކާ ޓޭކްއަވޭ ތަންތަނުން 2000 ރުފިޔާ
– ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް ފޯރުކޮށްދޭ ބަދިގެތަކުން 2،000ރުފިޔާ
– ހެދިކާ ވިއްކާ ތަންތަނުން 2،000ރުފިޔާ
– ޖޫސް ފަދަ ބުއިންތައް އެކަނި ވިއްކާ ތަންތަނުން 2،000ރުފިޔާ
– މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ގާޑިޔާ އަދި އެހެން އުޅަނދުތަކުން 500ރުފިޔާ

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ %50 ކުޑަކުރުމަށް ނިންމާފައިވާިއރު 2024 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 23 ވަނަ ދުވަހު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ޤާނޫނީ ޙައިސިއްޔަތު ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮތޯރިޓީ އަލުން އެކުލަވާލައްވާފައެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް މި ޤާނުނުގެ ތެރެއިން މަތިކުރާ އެންމެ ބޮޑު އެއް ޒިންމާއަކީ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ދަރަޖަކުރުމާއި ލައިސަންސްދީ ހުއްދަ ދޫކުރުމުގެ މަސައްކަތަކެވެ. މި ބަދަލާއެކު ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭ، ހޮޓާ، ރެސްޓޯރަންޓްތައް ރެޖިސްޓްރީކުރުމާއި ހުއްދަ ދިނުމުގެ ކަންކަން ދެން ބަލަހައްޓާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި