Sunday, 25 October 2026
Ads by

އިތުރު އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

އިތުރު އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

އާރުޓީއެލް ފެރީ--- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

އިތުރު އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

އެ މިނިސްޓްރީން ބުނީ، ދެން އެންމެ އަވަހަށް މި ޚިދުމަތް ފަށާނެ އަތޮޅުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަކީ ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ ހަތަރު ޒޯނެއްގައި ފަށާފައިވާއިރު، ޚިދުމަތް ނުފަށާ މިހާރު އޮތީ، ޒޯން ހަތަރެއް އަދި ޒޯން ތިނެއްގައެވެ. ޒޯން ހަތަރެއްގައި ހިމެނޭ އަތޮޅުތަކަކީ، މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނޭ އަތޮޅުތަކަކީ، ކ، އއ، އދ އަދި ވ. އަތޮޅެވެ.

އެންމެ ފަހުން އާރްޓީއެލް ފެރީގެ ޚިދުމަތް ފެށީ، ތ. އަތޮޅުގައެވެ. ތ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ޖުމްލަ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު މި ވަނީ ފެށިގެން ގޮސްފައެވެ. މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެއްޓެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަކީ، ހައި ސްޕީޑް ފެރީ ނިޒާމުން މުޅިރާއްޖެ ގުޅާލުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތެކެވެ. މި ޚިދުމަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އާރްޓީއެލް ފެރީގެ ޚިދުމަތްދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި