Wednesday, 9 September 2026
Ads by

8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި

8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި

ސްކޫލް ކުދިންތަކެއް ކްލާސްރޫމެއްގައި---

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. އިމްތިޙާނުގެ ފުރަތަމަ މާއްދާއެއްގެ ގޮތުން މިއަދު ކުރިއަށްދިޔައީ ދިވެހި މާއްދާގެ އިމްތިޙާނެވެ.

Ad Image
Ads by

މި އަހަރުގެ އައިޖީސީއެސްއީ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާނުގައި ޖުމްލަ 8،218 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިޙާނުތައް ރާއްޖޭގެ 267 ސެންޓަރެއްގައި ކުރިއަށްދާއިރު، މީގެ ތެރޭގައި މާލޭގެ 21 ސެންޓަރަކާއި އަތޮޅުތެރޭގެ 246 ސެންޓަރެއް ހިމެނެއެވެ. އިމްތިޙާނުތައް ކުރިއަށްދާނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުޞޫލަށް ސަރުކާރުން ވަނީ މުހިންމު ބަދަލުތަކެއް ގެންނަވައިފައެވެ. އައު އުޞޫލުގެ ދަށުން، މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގެ އިމްތިޙާނު ފީ ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

މީގެ އިތުރުން، މޮކް އިމްތިޙާނުން ފާސްނުވާ ދަރިވަރުންނަށް ވެސް މަޖުބޫރު މާއްދާތަކުގެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. ކުރިން އޮތް އުޞޫލަކީ މޮކް އިމްތިޙާނުން ފާސްނުވާނަމަ އަމިއްލަ ޚަރަދުގައި އިމްތިޙާނުގައި ބައިވެރިވާން ޖެހުމެވެ. ނަމަވެސް، މިހާރު އެފަދަ ދަރިވަރުންގެ ފީވެސް ދައްކައިދޭނީ ސަރުކާރުންނެވެ. އައު އިޞްލާޙުގެ ދަށުން، މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ ފަސް މާއްދާގައި ކޮންމެ ދަރިވަރަކުވެސް ބައިވެރިވާން ޖެހެއެވެ.

ސަރުކާރުން ގެނައި މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި