Sunday, 26 July 2026
Ads by

ދުންފަތް ލައިގެން ދުފުން: ކުރަންހެޔޮވާވަރުގެ ކަމެއް ނޫން!

ދުންފަތް ލައިގެން ދުފުން: ކުރަންހެޔޮވާވަރުގެ ކަމެއް ނޫން!

އަނގައިގެ ކެންސަރު އެންމެ ގިނައީ ދެކުނު އޭޝިޔާގައެވެ. އެއީ މިގައުމުތަކުގައި ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް ގިނަކަމަށްވާތީ އެވެ. އަނގައިގެ ކެންސަރު ފެންނަނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ، ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ.

Ad Image
Ads by

 

ސަބަބު

ދުފުން: ދުފުމުގެ ސަބަބުން އުފެދޭ ކެންސަރު އަބަދުވެސް ފެށިފައި ހުންނަނީ ހައްޕުނޑު ގަނޑު ކޮލުގައި ބާއްވާ ހިސާބުގައެވެ. މީގެ ތެރެއިން ހައްޕުނޑުގަނޑު އަނގައިގެ ތެރޭގައި ބާއްވައިގެން ނިދާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ދުންފަތް ލައިގެން ދުފާމީހުންނަށް ކޮލާއި، ކަރާއި، ތުންފަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 50 ގުނަ އިތުރެވެ.

ކޮންމެ ސިފައެއްގައި ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުން: ސިގިރޭޓް، ސުއްޓާ، ބިޑި، ގުޑުގުޑާ ފަދަ ތަކެތީގެ އެހީގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު 6 ގުނަ ބޮޑެވެ.

ބަނގުރާބުއިން: ބަނގުރާ ބޯމީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު ރާ ނުބޯމީހުންނަށްވުރެ 6 ގުނަ އިތުރެވެ.
ޅައުމުރުގައި ގިނައިރު އަވީގައި އުޅުން: ތުންފަތުގެ ކެންސަރު ގިނައިން ޖެހެނީ ގިނައިން އަވީގައި އުޅޭ މީހުންނަށެވެ.
އަނގައިގެ ތެރޭގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވުން.
އާއިލާގެ މެންބަރެއްގެ ފުށުން ކެންސަރު ކުރިން ފެނިފައިވުން.
ހިއުމަން ޕެޕިލޯމާ ވައިރަސްގެ އަސަރު ހަށިގަނޑަށް ކުރުން.

އަނގައިގެ ތެރޭގައިވަ ތެތްދުލިފަށް ތަކުގައި ކޭތޭގޮތަށް ދަތުގެ ތޫނު ތަންކޮޅެއް ހުރެއްޖެނަމަ، ދަތްޕިލާ ޖަހާފައިވާ މީހެއްނަމަ ދަތްޕިލާ ރަގަޅަށް ހަމަނުޖެހޭނަމަ، އަނގަ، ހިރުގަނޑު އަދި އަނގައިގެ އެހެންވެސް ތަންތަން ފާރުވާގޮތް ވެއެވެ. މިފަދަ ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވާނަމަ އެތަނުގައި ކެންސަރު އުފެދޭގޮތް ވަރަށް ގިނަ ފަހަރު ދިމާވެއެވެ.

އަނގައިގެ ކެންސަރު ފެށެނީ އަނގައިގެ ތެރޭގައި އުފެދޭ ހުދު ކުލައިގެ ނުވަތަ ރަތްކުލައިގެ ތަންކޮޅަކުންނެވެ. އަނގައިގެ ކޮންމެ ހިސާބަކުން ވެސް މިނިޝާން ފެނިދާނެ އެވެ. މީގެތެރޭގައި ތުންފަތް، ހިރުގަނޑު، ތެތްދުލިފަށް، ދޫ އަދި ތަލި ހިމެނެއެވެ.

އަނގައިގެ ކެންސަރުގެ އަލާމާތްތައް

އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި، އެފާރުކޮޅުން ފަސޭހައިން ލޭއައުން.
އަނގައިގެ އެތެރޭގައި ހުދު، ރަތް ކުލައިގެ ތަންތަން ގަނޑު އުފެދެން ފެށުން.
ބުނެދޭން ނޭނގޭގޮތަށް ޒަޚަމަކާއި ނުލައި އަނގައިގެ އެތެރެއިން ލޭއައުން.
ބުނެދޭން ނޭނގޭ ގޮތަށް މޫނުގައި، އަނގައިގައި، އަދި ކަރުގައި އައްސިވުން ނުވަތަ އިހުސާސްކެނޑުން، އަދި މަޑުވެފައި ތަދުވުން.
ދިގުލައިގެންދާ ފާރުކޮޅު މޫނުގައި، ކަރުގައި ނޫނީ އަނގައިގެ އެތެރޭގައި ހުރެ، ފަސޭހައިން ލޭއައިސް، ދެހަފްތާއިން ވެސް ރަނގަޅުނުވުން.
އަނގައިގެ ތެރޭގައިވާ ޓިޝޫތަކުގެ ކުލަ ބަދަލުވުން.
އަނގައިގެ އެތެރެއާއި ތުންފަތް ބޯވެ، ދުޅަވެ، ގަނޑުލުން.
ތުންފަތް ބޯވެ، ކުރަކިވެ، ހަލާކުވެފައި ހުރުން.
އެއްޗެތި ހެފުމާއި ދިރުވުމަށް އުދަގޫވުން.
ވާހަކަ ދައްކަން އުނދަގޫވުމާއި ދަތްދޮޅި އާއި، ދޫ ހަރަކާތްކުރުވުމާއި ހަލުވަން އުނދަގޫވުން ،އަދި އަނގަހުޅުވާ ލެއްޕުމަށް އުދަގޫވުން.
މަތީ ދަތްޕިލައާއި ތިރީ ދަތްޕިލަ ރަގަޅަށް ޖެހޭވަރަށް އަނގަ ލައްޕައިލަން އުދަގޫވުން.
ތުންފަތާއި އަނގައިގެ އެކި ހިސާބަށް ވެލިހިރުވާ ކަހަލަ އާދަޔާ ޚިލާފު ތަފާތު އިހްސާސްތަކެއްވުން.
ކަރުތެރެ ކުރަކިވެ، ކަރުބުޑުގައި އެއްޗެއް ހުރުމުގެ އިހުސާސްވުން.
އަޑުބަރުވެ، ކަރުތެރެ ސަކަރާތްވެ، ދިގުލުމާއެކު، އަޑަށް ބަދަލުއައުން.
ކަންފަތުގައި ގިނަގިނައިން ރިއްސުން.
ދަތްޕިލަ އެތުރިފައި ހުންނަ ގޮތަށް ފަރަގުއައުން.
ދަތްޕިލަ އެތުރިފައި ހުންނަ ގޮތަށް ފަރަގުއައުން.
ޓޮންސިލް ދުޅަވުން އަދި ދުލުގައި ފާރުހުރުން.
އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން.

މަތީގައި ދެންނެވުނު ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ދަތުގެ ޑޮކްޓަރަކަށް ނުވަތަ ޞިއްހީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިއްމެވެ. އަނގައިގެ ކެންސަރު އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.ކެއުމުގެ ތެރޭގައި މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނޭ ކަމެކެވެ.

އަނގައިގެ ކެންސަރު ތަހުލީލުކުރާނީ ކިހިނެއް؟

ދަތުގެ ޑޮކްޓަރަށް ދައްކާއިރު އަނގައިގެ ތެރޭގައި އާދަޔާ ޚިލާފު ދުޅަކަމެއް ނުވަތަ އުފެދުމެއް ހުރުމުން ކެންސަރަށް ޝައްކުކުރެވޭނަމަ، ޓިޝޫ ބަޔޮޕްސީ ހަދައިގެން ކެންސަރު ހުރިތޯ ދެނެގަނެވިދާނެ އެވެ. މީގެ އިތުރުން އެންޑޮސްކޮޕީ، ޑެންޓަލް އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، އަދި ޕެޓް ސްކޭން ފަދަ ޓެސްޓުތަކުގެ އެހީގައި ކަރުތެރެ އާއި، ކާތަކެތި ހިނގާހޮޅި އަށް ކެންސަރުގެ އަސަރު ފޯރާފައިވޭތޯ ބެލިދާނެ އެވެ.

 

ފަރުވާ : އަނގައިގެ ކެންސަރަށް ވެސް ފަރުވާކުރެވެނީ އެހެން ކެންސަރުތަކަށް ވެސް ފަރުވާ ކުރާ އުސޫލުންނެވެ. އެގޮތުން އާންމުކޮށްދެވޭ ފަރުވާތަކުގެ ތެރޭގައި:-

އޮޕަރޭޝަން ކުރުން.
ރޭޑިއޭޝަން ދިނުން.
ކީމޯތެރަޕީ ދިނުން.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

 

އަނގައިގެ ކެންސަރުން ރައްކާތެރިވުން

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން.
ދުފުން ހުއްޓާލުން.
ބަނގުރާބުއިމުން ދުރުހެލިވުން.
އަވީގައި އުޅުން މަދުކުރުން: ޚާއްޞަކޮށް ތުންފަތް އިރުގެ ދޯދިން ސަލާމަތްކުރުން.
އަމިއްލައަށް އަނގައިގެ އެތެރެ މަހަކު އެއްފަހަރު ރަނގަޅަށް ބަލައިހެދުން.
ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުން.

މައުލޫމާތު: ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި