Wednesday, 9 September 2026
Ads by

މިހާތަނަށް 15،997 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފި

މިހާތަނަށް 15،997 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފި

ސަރުކާރުން ރޯދަހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: އެކި

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދެއްވަން ނިންމަވާފައިވާ މަސްދަޅު ކޭހުގެ ތެރެއިން، މިހާތަނަށް 15,997 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

އެ މިނިސްޓްރީން ބުނީ، މާލެ ސަރަޙައްދުގައި 65،230 ޑޮމެސްޓިކް ކަރަންޓް މީޓަރު ރަޖިސްޓްރީކޮށްފައިވާތީ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ދޫކުރަނީ މި ޢަދަދަށް ކަމަށެވެ. އެއީ، ކޮންމެ ކަރަންޓު މީޓަރަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ.

މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްފައިވާ ޑޮމެސްޓިކް ކަރަންޓް މީޓަރުތަކުގެ ތެރެއިން މިހާތަނަށް 15,997 ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ، މާލެ ސަރަޙައްދުގައި ބަހަންޖެހޭ މަސްދަޅު ކޭހުގެ ޖުމްލަ %18.8 އެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރަން ފަށާފައިވަނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. އަތޮޅުތެރޭގެ ރަށްތަކުގައި މަސްދަޅު ކޭސް ދޫކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އެސްޓީއޯއިންނެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް 15 މަރުކަޒެއް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން މަސްދަޅު ކޭސް ދޫކުރާނީ، ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުންނެވެ.
މާލޭގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައް:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ދަނޑު
ހުޅުމާލެ ފުރުތަމަ ފިޔަވަހީގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައް:
ޢުމަރު ޒާހިރު ބިލްޑިންގ
ޕޮލްކޯ ޓަވަރ
މުޙައްމަދު ޤާސިމް ޕްރީ ސްކޫލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައް:
ކާމިލް ދީދީ ސްކޫލް
ހިޔާ ޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ވިލިމާލޭ ވެމްކޯ ސައިޓްންނެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މި ފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި