ޢާއިލާއަށް ޚަބަރު ނުވެގެން ގެއްލިގެން ހޯދަމުން އައި ޢަބްދުލްޢަޒީޒު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޢަބްދުލްޢަޒީޒު ގެއްލިގެން ހޯދަން ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދުނީ އިއްޔެއެވެ. ފުލުހުން ބުނިގޮތުގައި، ޢަބްދުލްޢަޒީޒު ގެއްލިގެން ހޯދަން އިޢުލާންކުރީ އޭނާގެ ޢާއިލާއަށް ޚަބަރު ނުވާތާ ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ވުމުންނެވެ.
ޢަބްދުލްޢަޒީޒުގެ ޢާއިލާއާ ޙަވާލާދީ ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ޢާއިލާއަށް ފޯނުން ގުޅާފައިވަނީ 3 ސެޕްޓެމްބަރު 2025 ގައި ކަމަށާއި، އޭގެ ފަހުން ޢާއިލާ މީހަކަށް އޭނާ ފެނިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި މާލެ އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރިން ކަމަށެވެ.
ޢަބްދުލްޢަޒީޒު ހޯދަން ފުލުހުން އިޢުލާނުކުރި ފަހުން އޭނާ އަމިއްލައަށް ވަނީ އާއިލާއަށް ގުޅައި ވަނީ ހަބަރުވެފައެވެ. އެގޮތުން އޭނާގެ އާއިލާއަށާއި، ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅު ކަމަށް އޭނާ މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.












