Sunday, 25 October 2026
Ads by

ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ބޮޑުކޮށްފި

ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓް އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

Ad Image
Ads by

ބީއެމްއެލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ ބޭންކުގެ ކްރެޑިޓް ކާޑުން ކޮންމެ ކަސްޓަމަރަކަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓް ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ، މިއީ ކޮންމެ ކަސްޓަމަރަކަށް ވެސް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން، އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ. ބީއެމްއެލްގެ މި ނިންމުމާއެކު ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކާޑުގެ މުއާމަލާތްތައް ކުރުމުގައި ކަސްޓަމަރުންނަށް މިހާރަށްވުރެ ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް އައި ބަދަލުތައް:
ކްލެސިކް ކްރެޑިޓް ކާޑު: 1،400 ޑޮލަރަށް
ގޯލްޑް ކްރެޑިޓް ކާޑު: 1،500 ޑޮލަރަށް
ޕްލެޓިނަމް ކްރެޑިޓް ކާޑު: 3،000 ޑޮލަރަށް

މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު އެ ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ވެސް 1،000 ޑޮލަރަށް ބޮޑުކޮށްފައެވެ.

ކާޑު ލިމިޓްތައް ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި