Sunday, 25 October 2026
Ads by

ބީއެމްއެލް އެފޯޑަބަލް ހައުސިންގެ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގެ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަމިއްޔާތެއްގައި މި މަސައްކަތްތައް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަޤުޞަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މުޢްޠަލިބު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކާމިޔާބު ކުރުމަށް ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށެވެ. އެ ބޭންކުން މާލެ ސަރަޙައްދުގައި 3،260 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރާއިރު، މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫޢަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

”މިއީ ރައީސްގެ ދުރުވިސްނުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެ އިޤްތިސާދީގޮތުން އޮތް ދަތިހާލުގެ ތެރެއިންވެސް ކްރިއޭޓިވް އިނޮވޭޓިވް ސޮލިއުޝަންތަކެއް ހޯދައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއް. ބީއެމްއެލުން އިސްނަގައިގެން ސަރުކާރުގެ މި ސިޔާސަތު ކާމިޔާބު ސިޔާސަތަކަށް ހެދުމަށްޓަކައި މި ކުރަމުންދާ މަސައްކަތްތަކަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ރައްޔިތުންނަށް އެކަމެއްގައި އެންމެ ފައިދާހުރި ކަންކަން ކުރުމުގައި އިސްނެގުމުގެ ނަމޫނާއެއް“ މިނިސްޓަރ މުޢްޠަލިބު ވިދާޅުވިއެވެ.

މަޝްރޫޢުއާއި ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށްފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ. އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.ޝަރީފް ވިދާޅުވީ ނޭޝަނަލް ހައުސިން އެފޯޑެބިލިޓީ އެންޑް އެކްސެސިބިލިޓީގެ ނަމުގައި ސަރުކާރުން އެކުލަވައިލި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ހައުސިންގ ސެކްޓާއަށް އެހީވުމަށް އިތުރު މަގެއް ފަހިވެގެންދިޔަ ކަމަށެވެ.

”ބޭންކުން މީގެ ކުރިންވެސް ވަނީ މިދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދީފައި. ބޭންކުން ކޮންސްޓްރަކްޝަނާއި ހައުސިން ސެކްޓަރަށް ދޫކޮށްފައިވާ ލޯނުގެ އައުޓްސްޓޭންޑިން މިދިޔަ އަހަރުގެ ނިޔަލަށް 5.4 ބިލިޔަން ރުފިޔާއަށް އަރާފައިވޭ. ވޭތުވެދިޔަ އަހަރު އެކަނިވެސް 2.1 ބިލިޔަން ރުފިޔާވަނީ މި ސެކްޓަރަށް ދޫކޮށްފައި. މުޅިންވެސް ދިވެހި ކުންފުނިތަކާއި ދިވެހި ފަރުދުންނަށް“ ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި