Wednesday, 9 September 2026
Ads by

ސްކޫލްތަކާ ގުޅިގެން އަމާން މުޖުތަމަޢެއް ބިނާކުރުމުގަ ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ: ސީޕީ

ސްކޫލްތަކާ ގުޅިގެން އަމާން މުޖުތަމަޢެއް ބިނާކުރުމުގަ ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ: ސީޕީ

އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފިއެވެ.

Ad Image
Ads by

މިޔަގީންކަން ސީޕީ ދެއްވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ސީފީ ނަވީން ވަނީ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރުމަށް ހުރިހާ ފަރުދުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ވަކިން ޚާއްސަކޮށް، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.

”ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި، އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ.“ ސީޕީ ނަވީން

ސީޕީގެ މެސެޖުގައި ވަނީ ދިރާސީ އައު އަހަރެއް ފެށުމަކީ އައު އުއްމީދުތަކަކާއި، އައު އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އައު ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއްކަން ފާހަގަކުރައްވާފައެވެ.

މިއީ ތިޔަ ކުދިންގެ މުޅި ހަޔާތަށް ބޭނުންވާނެ މުހިންމު ސިފަތަކާއި އިލްމު އުނގެނުމަށް ލިބޭ އަގުހުރި ފުރުސަތެއް.“ ސީޕީ ނަވީން

ސީޕީ ވަނީ ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ އެއީ އަޚުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން ކަމަށްވެސް ވިދާޅުވެފައެވެ.

މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި