Wednesday, 9 September 2026
Ads by

ޝަހީދު ޢަލީ ސްކޫލަކީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއްގެ ގޮތުގައި ދައްކަން އެ ޕާޓީގެ އެކްޓިވިސްޓުން ނުކުމެއްޖެ

ޝަހީދު ޢަލީ ސްކޫލަކީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއްގެ ގޮތުގައި ދައްކަން އެ ޕާޓީގެ އެކްޓިވިސްޓުން ނުކުމެއްޖެ

ރައީސް ޑރ. މުޢިއްޒު ޝަހީދު ޢަލީ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރެއްވި ޝަހީދު ޢަލީ ސްކޫލަކީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫއެއްގެ ގޮތުގައި ދައްކަން އެ ޕާޓީގެ އެކްޓިވިސްޓުން ނުކުމެއްޖެއެވެ.

Ad Image
Ads by

ޝަހީދު ޢަލީ ސްކޫލަކީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއްގެ ގޮތުގައި އެ ޕާޓީގެ އެކްޓިވިސްޓުން ދައްކަން އުޅުނު ނަމަވެސް، ހަޤީޤަތުގައި މި ސްކޫލަކީ ރައީސް ޑރ. މުޢިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، މަހެއްހައި ދުވަހުގެ ތެރޭގައި ބިންގާއަޅުއްވައި ދެއްވައި މަސައްކަތް ފައްޓަވައިދެއްވި ސްކޫލެކެވެ. މި ސްކޫލްގެ ބިންގާ ރައީސް އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންނަކީ އަބަދު ވެސް އެހެން ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޑީޕީގެ އެކްޓީވިސްޓުން މި ފަހަރު ކްރެޑިޓް ނަގަން މަސައްކަތްކޮށްފައި މިވަނީ ޝަހީދު ޢަލީ ސްކޫލުގެއެވެ. އެބައިމީހުން ބުނާ ގޮތުގައި މި ސްކޫލަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަސައްކަތެކެވެ. އެހެންކަމުން އެ މަސައްކަތުގެ ކްރެޑިޓް ޙައްޤުވާ ފަރާތަކީ ރައީސް ޞާލިޙާއި އެމްޑީޕީ ކަމަށް އެ މީހުން ބުނެއެވެ.

އެހެންނަމަވެސް މިކަމުގެ ހަޤީޤަތް އެނގޭ ފަރާތްތަކުން އަންނަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ރައްދު ދެމުންނެވެ. އެއީ އެ މަސައްކަތް ފެށި ތާރީޚާ ފެއްޓެވީ ކޮން ސަރުކާރަކުންކަން ސާފުކޮށް އެނގެން އޮއްވާ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާތީއެވެ. މި މަސައްކަތް ފައްޓަވައި ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާލެއްވީ ވެސް މި ސަރުކާރުން ކަމަށް ބުނެ އެމްޑީޕީގެ އެކްޓީވިސްޓުންނަށް އެފަދަ ފަރާތްތަކުން އަންނަނީ ރައްދު ދެމުންނެވެ.

ޝަހީދު ޢަލީ ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މި ސްކޫލަކީ 1،500 އެއްހައި ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަވެސް، ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭނަމަ 2،500 އެއްހައި ކުދިންނަށް ކިޔަވައިދެވޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ.

ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނެއެވެ. އަދި 400 މީހުންގެ އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބާއި، ތިން ސައިންސް ލެބާއި، އިންޑޯ ހޯލެއްގެ އިތުރުން ބޭރުގައި ކުޅިވަރު ކުޅޭވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި