Wednesday, 9 September 2026
Ads by

ދަރިވަރުން ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސް އެދިވަޑައިގެންފި

ދަރިވަރުން ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުޢިއްޒު ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހުރިހާ ދަރިވަރުން ވެސް ފަތިސް ނަމާދުން ދުވަސް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ދަރިވަރުންގެ ކިބައިން ރައީސް މިކަމަށް އެދިވަޑައިގަތީ ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ބިންވަޅު ނެގުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދަރިވަރަކު ވެސް ބަލަންވާނީ ޤައުމަށް ޚިދުމަތްކޮށްދެވޭނެ ކުއްޖަކަށްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ކުދިން ވެސް ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ބައްޓަންކުރަންވާނީ އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އިސްލާމްދީނުގައި ކަންކަން ބަޔާންކޮށްފައިވަނީ މާތް މަޤުޞަދުތަކެއްގައި ކަމަށެވެ.

”ފަރުޟު ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން. ވަގުތުން ވަގުތަށް ނަމާދު ކުރުމަށް. ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ފަތިސް ނަމާދުކޮށްގެން ދުވަސް ފެށުމަށް ހުރިހާ ކުދިންވެސް ޢަޒުމު ކަނޑައަޅަން އަޅުގަނޑު އިލްތިމާސްކުރަން. މައިންބަފައިންގެ ކިބައިން ވެސް އެދެން ހުރިހާ ކިޔަވާ ކުދިން ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުގެ ގަޑީގައި ތެދުވެ ނަމާދު ކޮށްގެންކަން، އެއީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ކަނޑައަޅައި އެކަން ކަށަވަރުކުރެއްވުމަށް،“ — ރައީސް ވިދާޅުވި އެވެ.

ހުރިހާ ދަރިވަރުން ވެސް ޓީޗަރުންނާއި، މައިންބަފައިންގެ ނަސޭހަތް އަޑުއަހައި އެ މީހުންގެ އިރުޝާދުތަކާ އެއްގޮތަކަށް ހުރިހާ ދަރިވަރުން ވެސް ޢަމަލުކުރަންޖެހޭނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެގޮތަށް އެކަން ނުކޮށްފިނަމަ ކުރިއަރައިދިޔުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

މި އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މިއީ 2020 ވަނަ އަހަރަށް ފަހު ޖެނުއަރީ މަހު ކިޔެވުން ފެށި ފުރުތަމަ އަހަރެވެ. މި އަހަރުގެ ކިޔެވުން ފަށާފައި މިވަނީ ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުންނާއެކުގަ އެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި