Sunday, 25 October 2026
Ads by

ރައީސް މުޢިއްޒުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ޝަހީދު ޢަލީ ސްކޫލް ހުޅުވައިފި

ރައީސް މުޢިއްޒުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ޝަހީދު ޢަލީ ސްކޫލް ހުޅުވައިފި

ޝަހީދު އަލީ ސްކޫލް ހުޅުވުމަށް މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފުރަތަމަ ސްކޫލް، ”ޝަހީދު ޢަލީ ސްކޫލް“ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

Ad Image
Ads by

ޝަހީދު ޢަލީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ސްކޫލް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްކޫލްގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށް، ރައީސަށް ހަނދާނީ ހަދިޔާއެއް ވެސް ވަނީ އަރުވައިފައެވެ.

ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު— ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޝަހީދު ޢަލީ ސްކޫލްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާރުސީސީއާ ހަވާލުކޮށްގެންނެވެ. ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް ފަހު މިއަދު މިވަނީ މި ސްކޫލްގައި ކިޔަވައިދޭން ފަށައިފައެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރި މި ސްކޫލްގައި ޖުމްލަ 54 ކްލާސްރޫމް ހިމެނޭއިރު، ކޮންމެ ކްލާހެއްގައި ގިނަވެގެން 32 ދަރިވަރުންނަށް ކިޔެވޭނެ ޖާގަ ހުރެއެވެ. ގްރޭޑް އެކަކުން ފެށިގެން 10 އަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލަކީ ގާތްގަނޑަކަށް 1،500 ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަވެސް، ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭނަމަ 2،500 އެއްހައި ކުދިންނަށް މި ސްކޫލުގައި ކިޔަވައިދިނުމުގެ ޤާބިލުކަން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މަލްޓިޕާޕަސް ހޯލަކާއި، ޓާފް ދަނޑެއްގެ އިތުރުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް މި ސްކޫލުގައި ގާއިމުކޮށްފައިވާއިރު، 400 މީހުންގެ އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ސައިންސްގެ ތިން ލެބޯޓްރީއެއް މި ސްކޫލުގައި ޤާއިމްކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި